ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މާލޭގެ ގިނަ ޖިމްތައް ވެސް ވަގުތީ ގޮތުން ބަންދުކޮށްފި

Mar 16, 2020

މާލޭގެ ގިނަ ޖިމްތަކާއި ފިޓްނެސް ކުލަބުތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމައިފި އެވެ.

މި ނިންމުން ނިންމާފައިވަނީ ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައި އޮތުމުން ރައްކާތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގަ އެވެ.

މި ފިޔަވަޅު މިހެން އެޅީ މާލޭގައި ހިންގާ ގިނަ ޖިމްތަކެއްގެ ފަރާތުން މިއަދު ބައްދަލުކޮށެވެ. ގިނަ ޖިމްތަކުން އެއްބަސްވި ގޮތަށް ހުރިހާ ޖިމްތަކެއް ވެސް ބަންދު ކުރާނެ ކަމަށް އުއްމީދު ކުރާ ކަމަށް އެ ޖިމްތަކުން ވަނީ ބުނެފަ އެވެ.

ޖިމްތައް ވަގުތީ ގޮތުން ބަންދު ކުރުމަށް ނިންމާފައިވަނީ މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖެއިން ކޮވިޑް-19ގެ 13 ކޭސް ފެނިފައިވާއިރު ސަރުކާރުން ވަނީ ސްކޫލްތަކާއި ޔުނިވާސިޓީތައް ބަންދުކޮށްފަ އެވެ. އަދި މިއަދު ވަނީ ސިނަމާތައް ވެސް ބަންދުކޮށްފަ އެވެ.