ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކިހަވަށް ރިސޯޓު ބަންދުކޮށް، މީހަކު ޓެސްޓު ކުރަނީ

Mar 17, 2020

ބ. އަތޮޅުގައި އޮންނަ އަނަންތަރާ ކިހަވަށް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެން، ބިދޭސީއަކު ޓެސްޓް ކުރަމުން ގެންދާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ، މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން، އެ މީހާ ޓެސްޓުކޮށް ނަތީޖާ ލިބެންދެން، އެ ރިސޯޓު ވެސް މޮނީޓަރިންގެ ހާލަތަށް ގެންގޮސް ވަގުތީ ގޮތުން ރަށް ބަންދު ކޮށްފައިވާ ކަމަށެވެ.

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 13 އަށް އަރާފަ އެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ފަސް މީހަކާއި ސޭންޑީސް ބަތަލާ މޯލްޑިވްސް ރިސޯޓްގެ ދެ މީހަކާއި ކުރަމަތި އައިލެންޑް ރިސޯޓްގެ ދެ މީހަކާއި އަންނަތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ ދެ މީހެކެވެ.

ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތައް ފެނިގެން، އަނަންތަރާ ކިހަވަށް ރިސޯޓުގެ އިތުރުން، މި ވަގުތަށް އަރައި ފޭބުން މަނާ ކޮށްފައިވަނީ ކ. ގިލިލަންކަންފުށި ރިސޯޓާއި އއ. މަތިވެރި އެވެ.

ގިލި ލަންކަންފުށިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ މެލޭޝިއާއިން އައި އެ ރިސޯޓުގެ ދިވެހި މުވައްޒެއްގެ ފަރާތުން ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

އއ. މަތިވެރި ލޮކްޑައުން ކުރީ ދެ ބިދޭސީއެއްގެ ފަރާތުން ކޮވިޑް-19 އިގެ އަލާމާތްތައް ފެނިފައިވާތީ އެވެ.