ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ގެއްލުންވަމުންދާތީ މަންޓާއިން ދަތުރުތައް މަދުކޮށް ކޫއްޑޫ ހުއްޓާލަނީ

Mar 17, 2020
1

ކޮވިޑް-19 އިގެ ސަބަބުން މަންޓާ އެއާއަށް ގެއްލުން ވަމުންދާތީ ކޫއްޑޫއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލައި، ދަތުރުތައް މަދު ކުރަން ނިންމައިފި އެވެ.

މަންޓާ އެއާއިން ބުނީ ކޮވިޑް-19 އާ ގުޅިގެން އެލައިންގެ ދަތުރުތަކަށް އައިސްފައިވާ ބަދަލާއެކު، ދަތުރުތައް މަދުވެފައިވާ ކަމަށާ އެއާއެކު ކެންސަލްވާ ފްލައިޓްތަކުގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އަދި އޭގެ ސަބަބުން އެ ކުންފުންޏަށް މާލީ ގޮތުން ގެއްލުން ވަމުންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ މިހާރުގެ ހާލަތަށް ބަލައި ކޫއްޑޫ ދަތުރުތައް މިމަހުގެ 29 އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލައި، ދަރަވަންދޫ އާއި ދާލު އެއާޕޯޓަށް ކުރާ ދަތުރުތައް މަދުކުރަން ނިންމާފައިވާ ކަމަށެވެ.

ކޮވިޑް-19 ގެ ބަލާ އާފާތުގެ ސަބަބުން މީހުން ދަތުރު ކުރުން ހުއްޓާލުމާ ގުޅިގެން ދުނިޔޭގެ ބޮޑެތި އެއާލައިން ތަކަށް ވެސް ވަނީ ގެއްލުންވެފަ އެވެ. މިހާތަނަށް ދުނިޔޭގެ އެއާލައިން ސިނާއަތަށް ލިބުނު ގެއްލުން 100 ބިލިއަން ޑޮލަރަށް ވުރެ ބޮޑު ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ.

ކޮރޯނާ ވައިރަސް އަށް ޕޮޒިޓިވް ވެފައިވާ 13 މީހަކު ރާއްޖެއިން ފެނިފައިވެ އެވެ. މިހާތަނަށް ރާއްޖެއިން ޕޮޒިޓިވް ވެފައިވަނީ މުޅިން ވެސް ބިދޭސީންނެވެ.