ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

މަންޓާގެ ސީޕްލޭންތައް ދިވެހިންނަށް ހާއްސަކޮށްފި

Mar 31, 2020
3

ކޮވިޑް-19 އިގެ ސަބަބުން ގެއްލުންވާތީ، އޭޓީއާރު މަތިންދާ ބޯޓުގެ ދަތުރުތައް މެދުކަނޑާލައި، ސީޕްލޭންގައި ދިވެހިންނަށް ދަތުރު ކުރެވޭނެ އިންތިޒާމު މަންޓާ އެއާ އިން ހަމަޖައްސައިފި އެވެ.

ރާއްޖެ ބައެއް އެއާޕޯޓްތަކަށް ދަތުރުކުރާ މަންޓާ ކުންފުނީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އޭޓީއާރު މަތިންދާ ބޯޓުގެ ދަތުރުތައް މަޑު ޖައްސާލި ނަމަވެސް ސީޕްލޭން ދަތުރުތައް ނުހުއްޓާނެ ކަމަށެވެ.

"ސީޕްލޭން ނުހުއްޓައި ކުރި އަށް ގެންދަން ނިންމީ އިޖުތިމާއީ ޒިންމާގެކަމެއްގެ ގޮތުގައި ބަލައިގެން. ދަތުރު ކުރާނެ އަގުތައް ގުޅުމުން ލިބޭނެ. ދަތުރު ކުރާނީ ޕްލެޓްފޯމް ހުރި ރަށްރަށަށް،" އޮފިޝަލް ވިދާޅުވި އެވެ.

މަންޓާ އެއާ އިން ދަތުރު ކުރަނީ ދ. ކުޑަހުވަދޫ އާއި ބ. ދަރަވަންދޫ އަށެވެ.

ކޮރޯނާ ވައިރަސްގެ ސަބަބުން ޓޫރިސްޓުން އައުން މަދުވުމާއެކު އެންމެ ބޮޑު ގެއްލުމެއް ވަމުން ދަނީ ދުނިޔޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާ އަށެވެ.

ރާއްޖެ އިން ކޮވިޑް-19 އަށް ރާއްޖެއިން ޖުމްލަ 18 މީހަކު ޕޮޒިޓިވްވެފައިވެ އެވެ. މީގެ ތެރޭގައި ހިމެނޭ ތިން ދިވެހިން ފިޔަވައި އެހެން ހުރިހާ މީހުންނަކީ ވެސް ބިދޭސީންނެވެ. އަދި މި ބަލި ޖެހުނު މީހުންގެ ތެރެއިން ރާއްޖެ އިން މިހާތަނަށް 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ.