ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގޭގައި ތިބުމަށް ނަސޭހަތްދީ، މަބުރޫކު ކެފޭ ބަންދުކޮށްފި

Mar 18, 2020
2

ކޮވިޑް-19 ފެތުރުން ހުއްޓުވުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން ކޮފީތަކާއި ރެސްޓޯރަންޓުތަކަށް ނުގޮސް ގޭގައި ތިބުމަށް ނަސޭހަތް ދެއްވުމަށްފަހު ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާން މަބުރޫކް އަޒީޒުގެ އަމިއްލަ ކެފޭ ބަންދުކޮށްފި އެވެ.

ޒުވާނުންގެ މެދުގައި މަގުބޫލު މެރާކީ ކޮފީ ރޯސްޓާޒް ކެފޭއަކީ މަބުރޫކްގެ އަމިއްލަ ވިޔަފާރިއެކެވެ.

މިއަދު ބޭއްވި ނޫސަވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވަނީ ސަރުކާރު ބަންދުކުރަނީ ކޮފީތަކަށާއި މޫދު ފަދަ ތަންތަނަށް އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށް އިލްތިމާސް ކުރައްވާފަ އެވެ.

އެއަށްފަހު، މެރާކީ ކޮފީ ރޯސްޓާސްއިން ޓްވިޓާގައި ބުނީ އެތަން ވަކި މުއްދަތެއް ނެތް ގޮތަށް ބަންދު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، މިރޭ 9:00 އިން ފެށިގެން ވަކި މުއްދަތެއް ނެތް ގޮތަށް އެ ކެފޭ ބަންދުކޮށްފައިވާ ކަމަށާއި އެކަމާ ގުޅިގެން ކަސްޓަމަރުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ. އަދި އެ ނިންމުން ނިންމީ ރައްކާތެރިވުމުގެ ގޮތުން ފިޔަވަޅު އެޅުމަށް ކަމަށްވެސް ޓްވީތުގައި ބުނެފައިވެ އެވެ.

"ކޮވިޑް-19 ހުއްޓުވުމަށް، ކޮންމެ މީހަކުވެސް އެ މީހެއްގެ ފަރުދީ ޒިންމާ މިވަގުތުގައި އަދާކުރާނެ ކަމަށް އުންމީދުކުރަމެވެ،" މެރާކީ ކެފޭއިން ކުރި ޓްވިޓުގައިވެ އެވެ.

މިރޭގެ ޕްރެސްގައި ވެސް ކުރިއަށް އޮތް ހަފްތާއެއްހާ ދުވަހަށް ބަންދު ކުރެވެން ހުރި ވިޔަފާރިއެއް ނަމަ، ބަންދުކޮށް ދިނުމަށް މަބްރޫކް ވަނީ އެދިވަޑައިގެންފަ އެވެ.