ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެލައިޑްގެ ހިދުމަތްތަކަށް ބޮޑު ބަދަލެއް

ކޮވިޑް-19 އާއި ގުޅިގެން އެލައިޑް އިންޝުއަރެންސް އިން އެ ކުންފުނީގެ ހިދުމަތްތަކަށް ބަދަލުތަކެއް ގެނެސްފި އެވެ.

އެލައިޑް އިންށުއަރެންސް އިން ބުނީ މި ބަދަލުތަކަކީ ކޮވިޑް-19 ޕެންޑެމިކް އާއި ގުޅިގެން މުވައްޒަފުންނާއި، ކަސްޓަމަރުން އަދި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ.

އެލައިޑުން ބުނީ މިދުވަސްވަރު ދުނިޔޭގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ކޮރޯނާ ވައިރަސްގެ އަސަރު ރާއްޖެއަށް ވެސް ކުރިމަތިވެފައިވުމުގެ ސަބަބުން އެކުންފުނިން މުވައްޒަފުން އަދި ހިދުމަތް ބަލައިގަންނަ އެންމެހާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި މިއަދުން ފެށިގެން އެކުންފުނިން ގެނައި ބަދަލާ އެއްގޮތަށް ހިދުމަތް ދެވޭނެ ކަމަށެވެ. މި ބަދަލާއެކު އެލައިޑްގެ އިސްލާމިކް ވިންޑޯ އަޔާދީ ތަކަފުލްގެ ހިދުމަތްތަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ.

އެލައިޑުން ގެނައި ބަދަލުތަކުގެ ތެރޭގައި ބިދޭސީންގެ އިންޝުއަރަންސް ޕޮލިސީތައް، ކަސްޓަމަރުންނަށް އޮންލައިކޮށް ނެގޭނެ އިންތިޒާމް މިމަހުގެ 15 ވަނަ ދުވަހުގެ ފެށިގެން ވަނީ ހަމަޖެހިފަ އެވެ. އެލައިޑްގެ އޮންލައިން ޕޯޓަލް myallied.mv އަށް ލޮގިން ވުމަށްފަހު ބިދޭސީންގެ އިންޝުއަރަންސް ނެެގޭނެ އެވެ. މިހާރުވެސް ކުންފުނީގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް މެދުވެރިކޮށް މޮޓޯ އިންޝުއަރަންސް، ޓްރެވެލް އިންޝުއަރަންސް، ކާގޯ އިންޝުއަރަންސް އަދި ހޯމް ކޮންޓެންޓް ތަކަފުލް އޮންލައިންކޮށް ކަސްޓަމަރުންނަށް ލިބޭނެ ކަމަށް އެކުންފުނިން ބުނެ އެވެ.

އެލައިޑް މޮބައިލް އެޕް އަދި އޮންލައިން ޕޯޓަލްގައި ނުހިމެނޭ ހިދުމަތެއް ހޯދުމަށް ކުންފުނީގެ ހިލޭ ގުޅޭ ނަންބަރު 1600 އަށް ގުޅާލުމުން ހަމަޖެހިގެންދާނެ ކަމަށާއި އަދި އީމެއިލް ކުރުމުން ޕޮލިސީ ނެގުމުގެ ހުރިހާ އިންތިޒާމެއް ހަމަޖައްސައިދޭނެ ކަމަށް އެލައިޑުން ބުނެ އެވެ.

އެލައިޑުން ބުނީ ހެލްތް އިންޝުއަރަންސް ކަސްޓަމަރުންނަށް މިހާރުވެސް އޮންލައިންކޮށް އެލަައިޑްގެ މޮބައިލް އެޕް އަދި އިންޝުއަރަންސް ޕޯޓަލް މެދުވެރިކޮށް ކްލެއިމް ހުށައެޅުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން އެހެނިހެން އިންޝުއަރެންސް ޕޮލިސީތަކުގެ ކްލެއިމް އީމެއިލް މެދުވެރިކޮށް މިހާރު ކަސްޓަމަރުންނަށް ހުށައެޅޭނެ ކަމަށާއި އަދި ހުޅައަޅާ ކްލެއިމްތައް މެދުކެނޑުމެއްނެތި ޕްރޮސެސް ކުރެވޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މި ހާލާތުގައި ބިލްތަކަށް ފައިސާ ދޫކުރުމަށް އެންމެ ރައްކާތެރިގޮތަކީ އެކައުންޓް ޓްރާންސްފަރ މެދުވެރިކޮށް ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކުރުންކަމުގައި ކުންފުނިން ދެކޭ ކަމަށާއި އެގޮތުން ކްލެއިމް އަދި މިނޫންވެސް އިތުރު ބިލްތަކަށް އެލައިޑުން ފައިސާ ދައްކާނީ ކަސްޓަމަރުންގެ އެކައުންޓަށް ފައިސާ ޖަމާކޮށްގެން ކަމަށް އެލައިޑުން ބުނެ އެވެ. އަދި ޕްރިމިއަމް ނުވަތަ ކޮންޓްރިބިއުޝަން ފައިސާ ބަލައިގަންނާނީ ވެސް ބޭންކް އެކައުންޓް ޓްރާންސްފާ މެދުވެރިކޮށް ކަމަށާއި އެކައުންޓް ޓްރާންސްފާ ހެދުމަށްފަހު ޕޮލިސީ ނަންބަރާއި، ޖަމާކުރެވުނު އަދަދާއި (އެއް ޕޮލިސީއަށް ވުރެ ގިނަ ޕޮލިސީއަށް ފައިސާ ދައްކަާނަމަ) އެކު ބޭންކް އެކައުންޓް ޓްރާންސްފާ ސްލިޕް [email protected] އަށް އީމެއިލް ކުރުމުން ޕޭމަންޓް ބަލައިގަނެވި ޕޭމަންޓް ރިސިޕްޓް އީމެއިލް މެދުވެރިކޮށް އެކަސްޓަމަރަކަށް ލިބޭނެ ކަމަށްވެސް އެރކުންފުނިން ބުނެ އެވެ.