ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

މެޑިކަލް އެމަޖެންސީ ރެސްޕޮންސް ޓީމެއް ރާއްޖެ އަތުވެއްޖެ

ދުނިޔޭގެ ފެންވަރުގެ މެޑިކަލް އެމަޖެންސީ ރެސްޕޮންޑް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޓުއަރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއް ބުނެފައިވަނީ ކޮވިޑް-19 އާއި ގުޅިގެން ރައިސުލްޖުމްހޫރިއްޔާ އުފައްދާފައިވާ "ނޭޝަނަލް ޓާސްކްފޯސް" މަޝްވަރާގެ މަތިން ފަތުރުވެރިކަމުގެ ސިނާއަތުގެ އެހީތެރިކަމާއެކު ދުނިޔޭގެ ފެންވަރުގެ މެޑިކަލް އެމަޖެންސީ ރެސްޕޮންޑް އެންޑް ކޯޑިނޭޝަން ޓީމެއް މިއަދު ރާއްޖެ އައިސްފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ މި ޓީމުގައި ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕަށް އެހީތެރިވެދޭނެ ދެ ޑޮކްޓަރުންނާއި، ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް މި ބައްޔާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަށް ވިލަރެސް ކޮށްދިނުމަށްޓަކައި އެހީތެރިވެދިނުމަށް މިފަދަ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ކޯޑިނޭޓަރަކު ހިމެނޭ ކަމަށެވެ.

މީގެ އިތުރުން ކ. ވެލިވަރުގައި ގާއިމްކޮށްފައިވާ ކަރަންޓީނު ފެސިލިޓީ އާއި އއ. ވެލިދޫގައި ގާއިމްކުރަމުންދާ ކަރަންޓީނު ފެސިލިޓީގައި ހަރަކާތްތެރިވާނެ ދެ ނަރުހުންނާއި އަދި ބަލި ދެނެގަނެވޭނެ ހާލަތުގައި އެފަދަ ތަންތަނަށް ފަސްޓް ރެސްޕޮންސްގެ ގޮތުގައި ދަތުރުކުރާނެ އެމަޖެންސީ މެޑިކަލް ޓެކްނީޝަނެއް މި ޓީމުގައި ހިމެނޭ ކަމަށްވެސް ބަޔާނުގައިވެ އެވެ. މެޑިކަލް އެމަޖެންސީ ރެސްޕޮންޑް ޓީމުގައި ހިމެނެނީ އެމެރިކާ ސައުތު އެފްރިކާ އަދި އިނގިރޭސި ވިލާތުގެ ތަޖްރިބާ ކާރުންނެވެ.