ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަފާރީއިން ޕޮޒިޓިވްވި މީހެއް ދަރުމަވަންތައަށް ބަދަލުކުރަނީ

Mar 20, 2020

އައިލެންޑް ސަފާރީގައި ތިއްބާ ކޮވިޑް-19 އަށް ޕޮޒިޓިވްވި ބިދޭސީ މީހުންގެ އެކަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

އެމީހާ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރާ ސަބަބެއްގެ ގޮތުގައި އެޗްޕީއޭއިން ބުނީ އެމީހުން ބަދަލު ކުރަނީ އިތުރަށް މޮނީޓާ ކުރުމަށް ކަމަށެވެ.

މީގެކުރިން އިޓަލީގެ ދުވަސްވީ މީހަކު ހާލު ދެރަވާތީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. އޭނާއަށް އަދިވެސް އެތަނުގައި ފަރުވާދެމުންދާއިރު ހާލު މިހާރު ދަނީ ރަނގަޅުވަމުންނެވެ. އޭނާއާއެކު އޭނާގެ އަނބިމީހާ ވެސް ހުރީ ހޮސްޕިޓަލްގަ އެވެ. އެ ދެ މީހުން ވެސް ކޮވިޑް-19 އަށް ޕޮޒިޓިވް އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ނުވަ އިޓަލީ މީހުން ހިމެނެ އެވެ. ކޮވިޑް-19ގެ އާ ކޭސްއެއް ރާއްޖެއިން ނުފެންނަތާ މިހާރު ވަނީ ހަތަރު ދުވަސްވެފަ އެވެ.