ސައިކަލެއްގެ މަޑި ދަށުގައި ރައްކާ ކޮށްގެން ހުޅުމާލެއިން މާލެ އެތެރެ ކުރުމަށް މަސައްކަތް ކުރި ބަނގުރާ ފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ހައްޔަރު ކުރީ ދިވެއްސަކާއި ބަންގްލަދޭޝްގެ މީހެކެވެ. ފުލުހުން ބުނީ މިއަދު ހެނދުނު އެ ދެ މީހުންގެ ޢަމަލުތައް ހުރި ގޮތުން ހުއްޓުވައި ހައްޔަރު ކުރީ ހުޅުމާލެއިން މާލެ ދިއުމަށް ފެރީއަށް އަރަން ދަނިކޮށް ހުޅުމާލެ ފެރީޓާމިނަލުންނެވެ.
އެ ދެ މީހުން ބަލައިފާސްކުރި އިރު އެ ދެ މީހުން ތިބި ސައިކަލުގެ މަޑިދަށުން އަށް ފުޅި ބަނގުރާ ފެނުނެވެ.