ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ވިސާ އާއި ޓްރެވަލް ޑޮކިއުމަންޓް ނެތް ބިދޭސީން ގައުމަށް ފޮނުވާލަނީ

Mar 21, 2020
6

ރާއްޖޭގައި މަސައްކަތް ކުރަން ދޫކުރާ ވާކް ވިސާ އާއި ޓްރެވެލް ޑޮކިއުމެންޓް ނެތް ބިދޭސީން ސަރުކާރުގެ ހަރަދުގައި ގައުމަށް ފޮނުވާލަން އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމެންޓުން ބުނީ ރާއްޖޭގައި މި ވަގުތު ވާކްޕާމިޓް އާއި ޓްރެވަލް ޑޮކިއުމެންޓެއް ނެތި ހަރަކާތްތެރިވާ ބިދޭސީން އަނބުރާ އެ މީހުންގެ ގައުމަށް ދިވެހި ސަރުކާރުގެ ހަރަދުގައި ފޮނުވާގޮތަށް ނިންމާފައިވާ ކަމަށެވެ. އަދި އެމީހުން އަނބުރާ ގައުމަަށް ދާން ބޭނުންވާ ލިޔެކިޔުން ވެސް އެޤައުމެއްގެ ހައިކޮމިޝަން ނުވަތަ އެމްބަސީން ހޯދައިދޭނެ ކަމަށް ބުނެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި ބިދޭސީން ފޮނުވާލުމުގައި އިމިގްރޭޝަން އާއި ސަރުކާރުގެ ވުޒާރާތަކުން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. މިގޮތުން ބިދޭސީން ފޮނުވާލާނީ ހާއްސަ ޗާޓަރު ފްލައިޓެއްގަ އެވެ.

އެ މިނިސްޓްރީން ބުނީ ސަރުކާރުން ފަހިކޮށްދޭ މި ފުރުސަތުގެ ތެރެއިން އަމިއްލަ ގައުމަށް އެނބުރި ދާން ބޭނުންވާ ފަރާތްތަކުން އިކޮނޮމިކް މިނިސްޓްރީއަށް ހާޒިރުވުމުގެ ބަދަލުގައި ޕާސްޕޯޓް ނަންބަރު، އައިޑީ ނަންބަރު އެ މިނިސްޓްރީގެ ނަންބަރު 7205648 އަށް ފޮނުވާލުމުން ފޮނުވާލުމުގެ މަސައްކަތް ކުރެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި ގަވާއިދުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާތަނަށް 30،000 އެއްހާ މީހުން ރަޖިސްޓްރީ ކޮށްފައިވެ އެެވެ. ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެނީ ގިނައިން ބަންގްލަދޭޝްގެ ރައްޔިތުންނެވެ.