ހުޅުމާލޭގެ މަގެއް މަތީގައި ހުރި އެއްޗެހިތަކެއްގައި ރޯވެ ގަދައަށް އަނދަމުން ދިޔަ އަލިފާންގަނޑެއް ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހުޅުމާލޭގެ ހިރުނދުމަގުގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އެ މަގުގައި ހުންނަ ކައުންޓްލައިން ފިހާރައާ ޖެހިގެން ހުރި ބިމުގައި ބަހައްޓާފައިވާ އެލްމެނިއަމް ސާމާނުތަކެއްގައި ރޯވެގެން ކަމަށެވެ.
ރޯވި އަލިފާންގަނޑު ނިއްވާލި އިރު އެތަނާ ޖެހިގެން ހުރި ގެއިން މީހުން ވަނީ ހުސްކުރަން ޖެހުނެވެ. އެ ގެއަށް ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްފައި ވެއެވެ.
މި އަލިފާން ރޯވީ ކީއްވެގެންކަން އަދި ސާފުވެފައެއް ނުވެއެވެ.