ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ފެލައިނީއާ ކޮންޓެކްޓްވި ދެ މީހަކު އެކަހެރިކޮށް، ޓެސްޓް ހަދަނީ

Mar 22, 2020

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު، އެނބުރި ދިޔަ ފަހުން، މަޝްހޫރު ފުޓުބޯޅާ ކުޅުންތެރިޔާ މާރުއާން ފެލައިނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާތީ، ރާއްޖޭގައި ހުރި މުއްދަތުގައި ކޮންޓެކްޓްވި ދެ މީހެއް އެކަހެރިކޮށް ޓެސްޓް ހެދުމުގެ މަސައްކަތް އެޗްޕީއޭއިން ފަށައިފި އެވެ.

އެ ދެ ދިވެހިން އެކަހެރިކޮށްފައިވަނީ ވެލިދޫ އައިސޮލޭޝަން ފެސިލިޓީގަ އެވެ. އެމީހުންގެ ސާމްޕަލްތަކުގެ ނަތީޖާ އަދި ނުލިބެ އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ ފެލައިނީ ރާއްޖޭގައި ހުރި މުއްދަތުގައި ކޮންޓެކްޓްވި މީހުން ހޯދަމުންދާ ކަމަށާއި ނަމަވެސް އޭނާއާ ކޮންޓެކްޓްވި މީހުން އަމިއްލައަށް ވެސް އެކަން އެޗްޕީއޭއަށް އެންގުމަށް އެދޭ ކަމަށެވެ.

އެއީ އޭނާއާ ސަލާމްކުރި މީހެއް ވިޔަސް، ސާވްކުރި މީހެއް ވިޔަސް އެޗްޕީއޭއަށް އެންގުން އެދޭ ކަމަށެވެ. މަބުރޫކު ވިދާޅުވީ އޭނާ އެއާޕޯޓަށް ވެސް ގޮސްފައިވާއިރު ކޮންޓެކްޓްވި މީހުން މާލޭގައި ތިބުން ވެސް އެކަށީގެންވާތީ ރައްކާތެރިވުމުގެ ގޮތުން އަމިއްލައަށް އެކަން ރިޕޯޓްކޮށްދިނުމަށް ވަރަށް ބޮޑަށް އެދޭ ކަމަށް މަބުރޫކު ވިދާޅުވި އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.

މަމެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ މިޑްފީލްޑަރު ފެލައިނީ، އެ ވައިރަހަށް ޕޮޒިޓިވްވެފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ. ޗައިނާ ސުޕާ ލީގުގައި މިހާރު ކުޅޭ ފެލައިނީ ޕޮޒިޓިވްވިކަން އެނގުނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު އެނބުރި ޗައިނާއަށް ދިޔަ ފަހުންނެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ތިން މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.

އާއްމު ސިއްހަތުގެ ކުއްލި ހާލަތު އިއުލާނުކޮށް، ސަރުކާރުން ދަނީ ވަރުގަދަ ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން، ސްކޫލްތަކާއި، ސަރުކާރުގެ އޮފީސްތަކާއި، ކުޅިވަރުކުޅޭ ތަންތަން ދެ ހަފްތާއަށް ބަންދުކޮށްފައިވާއިރު، ކެފޭ އަދި ރެސްޓޯރަންޓުތަކުގައި ތިބެގެން ކެއުން ވެސް މިއަދުން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

އަދި ފަތުރުވެރިން ފިޔަވައި، ރާއްޖެއަށް އަންނަ ހުރިހާ މީހުން، ކަރަންޓީނުކުރަމުން ގެންދާއިރު، އެ ވައިރަހަށް ޓެސްޓުކުރާ މިންވަރުވެސް ސަރުކާރުން ވަނީ ވަރަށް ބޮޑުތަނުން އިތުރުކޮށްފަ އެވެ.

އެ ބައްޔަށް ޕޮޒިޓިވްވި މީހަކު ނުފެންނަތާ، މިހާރު ހަފްތާއެއްވެފައިވާއިރު، މިއީ ހަމަޖެހިލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށް ސަރުކާރުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.