ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އެކްސްކާޝަންތައް ހުއްޓާލަން އަންގައިފި

އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން މީހުން އައުމާ ދިއުން ހުއްޓާލުމަށް އަންގައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ދެންމެ ނެރެފައިވާ އެންގުމެއްގައި ބުނެފައިވަނީ މިވަގުތުން ފެށިގެން އެކްސްކާޝަންތަކުގެ ގޮތުގައި އެއްވެސް ތަނަކުން ( ރަށްރަށުން، ރިސޯޓްތަކުން، ސަފާރީތަކުން، ގެސްޓްހައުސްތަކުން) މީހުން އައުމާ ދިއުން ހުއްޓާލުމަށް އަންގާ ކަމަށެވެ.

އަދި މި އެންގުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަކި ގޮތެއް އަންގަންދެން ދެމި އޮންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެ އެންގުމަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ އިދާރާތަކާ، އާންމުންނަށް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ވަނީ އަންގާފައެވެ.

ކޮވިޑް19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް ދަނީ ގިނަ އެންގުންތަކެއް އަންގަމުންނެވެ. އެގޮތުން ރިސޯޓްތަކާއި، އެހެން ރަށްރަށާ ދެމެދު ދަތުރުކުރުން މަނާކުރުމާއި، އެއް ރިސޯޓުން އަނެއް ރިސޯޓަށް މީހުން ދަތުރުކުރުން މަނާކުރުމުގެ އިތުރުން ރަށްރަށުން ރިސޯޓްތަކަށް ދަތުރުކުރުން ވަނީ މަނާކޮށްފައެވެ.

އަދި މާލޭގައި ކެފޭ/ހޮޓާ/ރެސްޓޯރަންޓްތަކުން ޓޭކްއަވޭ ފިޔަވައި އެހެން ހިދުމަތްތައް ދިނުން ވަނީ މަނާކޮށްފައެވެ.

މިހާތަނަށް ރާއްޖޭން ކޮވިޑް-19 އަށް ވައިރަސް 13 މީހަކު ވަނީ ފެނިފަ އެވެ. އެއީ އެއީ ޅ. ކުރެއްދޫ ރިސޯޓުގައި ތިބި ފަސް މީހަކާއި، އއ. ބަތަލާ ރިސޯޓުގައި ތިބި ދެ މީހަކާއި، އއ. ކުރަމަތި ރިސޯޓުގައި ތިބި ދެ މީހަކާއި، ކ. އަނަންތަރަ ދިގު ރިސޯޓުގައި ތިބި ދެ މީހެއްގެ އިތުރުން އައިލެންޑް ސަފާރީ ނަމަކަށް ކިޔާ ސަފާރީއެއްގައި ތިބި ދެ މީހަކެވެ. އެއީ މުޅިން ވެސް ބިދޭސީންނާއި ޓޫރިސްޓުންނެވެ.

އޭގެ ތެރެއިން ތިން މީހަކު ވަނީ ފަރުވާދެވި ރަނގަޅު ކުރެވިފަ އެވެ. އެއިން ދެ މީހުންނަކީ އއ. ބަތަލާ ރިސޯޓުގައި ތިއްބައި ވައިރަސްއަށް ޕޮޒިޓިވްވެ ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔަ ބިދޭސީ ދެމަފިރިއެކެވެ. ތިންވަނަ މީހާއަކީ ކުރެއްދޫ ރިސޯޓުން ޕޮޒިޓިވްވެގެން އެހަކެރި ކުރި އެ ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ ޑޮކްޓަރެކެވެ.