އެމިރޭޓްސް އެއާލައިން އިން ބުދަ ދުވަހުން ފެށިގެން ފަސިންޖަރުން އުފުލުން ހުއްޓާލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.
އެމިރޭޓްސް އެއާލައިނުން ބުނީ ކޮވިޑް-19 އާ ގުޅިގެން މީހުން އުފުލަން ކުރާ ހުރިހާ ދަތުރުތަކެއް ހުއްޓާލަން ނިންމި ނަމަވެސް ކާގޯ އުފުލުމުގެ އޮޕަރޭޝަން ކުރިއަށް ދާނެ ކަމަށެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް އެއާލައިނުން މީހުން އުފުލުމުގެ އޮޕަރޭޝަން ހުއްޓާލިއިރު، އިއްތިހާދު އެއާލައިންސް އާއި ސްރީލަންކަން އެއާލައިންސް އިން ވެސް ވަނީ ރާއްޖެއަށް ފްލައިޓުތައް ހުއްޓާލާފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ގިނަ ފްލައިޓްތަކެއް ހުއްޓާލާފައި މިވަނީ މި ވައިރަސް ފެތުހުން ހުއްޓުވުމުގެ ގޮތުންނެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ގިނަ ގައުމުތަކެއް ދަނީ ލޮކްޑައުން ކުރަމުންނެވެ. މިގޮތުން މިހާތަނަށް ލޮކްޑަރުން ކުރި ކުރި ގައުމުތަކުގެ ތެރޭގައި ޔޫރަޕުގެ ގިނަ ގައުމުތަކެއްވެސް ހިމެނެ އެވެ. މީގެ ސަބަބުން އެއާލައިން ތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.
ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަނީ ބޮޑެތި ގެއްލުން ތަކެއް ވެފަ އެވެ. ރާއްޖޭގެ އިގްތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް ސެކްޓާގެ ގިނަ ބުނިން ތަކެއް ކެންސަލްވެ 600 މިލިއަން ޑޮލަރު ވަރުގެ ގެއްލުމެއް ވާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. އަދި މިކަމުގެ ސަބަބުން ދައުލަތަށް ލިބޭނެ އާމްދަނީ ދަށްވާނެތީ ހަރަދު ކުޑަކޮށް އެއް ބިލިއަން ރުފިޔާ ސަލާމަތް ކުރަން ފިނޭންސް މިނިސްޓްރީން ވަނީ އަންގާފަ އެވެ.