ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ރައްޔިތުންގެ ސަލާމަތަށް ސިފައިން ގުރުބާންވާނެ: ޗީފް

ކޮވިޑް19 ގެ ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ދިވެހި ސިފައިން ކުރަންޖެހޭ ކޮންމެ ކަމެއް ކުުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ދެއްވައިފި އެވެ.

މިއަދު ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް އަބްދުﷲ ޝަމާލް ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމުގައިވެސް އަބަދުވެސް ދިވެހި ސިފައިން ތިބޭނީ ސާބިތުކަން މަތީގައި ކަމަށެވެ.

މިވަގުތު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ނުރައްކާތެރި އަދި ނާޒުކް ހާލަތުގައިވެސް ދިވެހި ސިފައިން ތިބީ އެ ސާބިތުކަން މަތީކަމަށާ ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި މަސައްކަތް ކުރުމުގައި ސިފައިން ދެމި ތިބޭނެ ކަމަށެވެ.

މި ހާލަތުގައި ބަލި މީހުންނާއި، ޝައްކު ކުރެވޭ މީހުން އެ ތަނުން އަނެއް ތަނަށް އުފުލުމާއި، ސީއެމްބިއުލާންސްގެ އޮޕަރޭޝަން އަދި ކަރަންޓީން ފެސިލިޓީތަކާއި، އައިސޮލޭޝަން ފެސިލިޓީތައް ބެލެހެއްޓުމުގައިވެސް އެންމެ އިސްކޮށް މަސައްކަތް ކުރަމުންދަނީ ސިފައިންނެވެ. މީގެ އިތުރުން އެހެން އިދާރާތަކާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައްވެސް ސިފައިން ކުރަމުން ގެންދާ ކަމަށް ޗީފް ވިދާޅުވިއެވެ.

"އަޅުގަނޑު ދިވެހި ރައްޔިތުންނަށް ޔަގީންކޮށް އަރުވަން ކޮވިޑް19 އިން މި ބަލިމަޑުކަމުން ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ސިފައިން ފުލް ކޮމިޓްމަންޓާއެކު ހުރިހާ ލެވެލްއެއްގައި މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އަރުވަން." ޝަމާލް ވިދާޅުވިއެވެ.

މީގެ އިތުރުން މާލެ ސަރަހައްދުން ކޮވިޑް19 ގެ ޕޮޒިޓިވް ކޭސްއެއް ފެނިއްޖެނަމަ އަމަލު ކުރާނެ ގޮތުގެ އެކްސަސައިޒެއް މިއަދު ބޭއްވިފައިވާކަން ޗީފް އޮފް ޑިފެންސް ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ފަހުގެ ތާރީހެއްގައި ހިންގުނު އެންމެ ބޮޑު ހިއުމަނިޓޭރިއަން އޮޕަރޭޝަން ކަމަށެވެ.