ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ޑިފެންސް ޗީފް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

Jan 10, 2021
7

ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ޝަމާލް ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބަލީގެ އަލާމާތްތައް ހުރެގެން އިއްޔެ ޓެސްޓު ކުރުމުން ކަމަށެވެ. ނަމަވެސް، މިފަހުން އެއްވެސް އާއްމު އެއްވުމެއްގައި ވެސް ނޫނީ ރާއްޖޭން ބޭރަށް ވެސް ޝަމާލް ވަޑައިގެންފައިނުވާ ކަމަށެވެ.

ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ޝަމާލް މިހާރު ހުންނެވީ ދިރިއުޅުއްވާ ގޭގައި ކަރަންޓީ ނުވެ ވަޑައިގެނެވެ.

"ޗީފް ޕޮޒިޓިވްވުމާ ގުޅިގެން، ކަރަންޓީނު ކުރަން ޖެހޭ ފަރާތްތައް މިހާރު ވަނީ ކަރަންޓީނު ކޮށްފައި،" އެމްއެންޑީއެފްގެ ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި އެވެ.

ޝަމާލް ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެއާ ހަމައަށް ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 14،065 އަށް އަރާފައެވެ.

ނަމަވެސް، މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 701 މީހުންނެވެ. އަދި ކޮވިޑްގައި 49 މީހަކު މިހާތަނަށް މަރުވެފައިވާއިރު، މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 47 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.