ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ސިފައިންތަކެއް ޕޮޒިޓިވްވެ ގިރިފުށި މޮނިޓަރިންއަށް

ގިރިފުށީގައި ޓްރެއިން ހަަދަމުންދާ ބައެއް: އެ ރަށުގައި ތިބި ސިފައިންގެ ތެރެއިން ހަތަރު މީހަކު ވަނީ ޕޮޒިޓިވްވެފައި -- އަވަސް ފޮޓޯ
0%
0%
0%

ސިފައިންގެ ތަމްރީނު މަރުކަޒު، ގިރިފުށީގައި ތިބި ސިފައިންގެ ބަޔަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެ އެ ރަށް އެޗްޕީއޭގެ މޮނިޓަރިންއަށް ގެންގޮސްފި އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ޕޮޒިޓިވްވެފައި ވަނީ ސިފައިންގެ ހަތަރު މީހެކެވެ. އަދި އެއީ ގިރިފުށީގައި ސިފައިންގެ ތަމްރީންތައް ހަދަމުންދިޔަ ސިފައިންގެ ތެރެއިން ބައެކެވެ.

އެކަމާއި ގުޅިގެން ގިރިފުށި ވަނީ ލޮކްޑައުންކޮށް އަރާ ފޭބުން މަނާ ކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި އެޗްޕީއޭއާއި އެމްއެންޑީއެފް ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ފަށައި އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ޑިސްއިންފެކްޓް ކުރުމުގެ މަސައްކަތް ވެސް ވަނީ ހިނގަ އެވެ.

މިކަމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ވަކި އެއްޗެއް ނުބުނެ އެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި ފްރަންޓްލައިންގައި އެންމެ މުހިންމު ދައުރެއް އަދާކުރަމުންދާ އެއް މުއައްސަސާއަކީ ސިފައިންނެވެ. ކޮވިޑްގެ ބަލި މީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމާއި ކޮވިޑްގެ ބަލި މީހުން ތިބޭ ފެސިލިޓީތައް ބަލަހައްޓަމުން ގެންދަނީ ވެސް ސިފައިންނެވެ.

ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ކުރިން ހާމަކުރި ނަަމަވެސް މީގެ ދެ މަހެއްހާ ދުވަސް ކުރިން ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު ހާމަ ކުރުމުން ވަނީ ހުއްޓާލާފަ އެވެ. ނަމަވެސް ފުުލުހުންގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދަނީ ހާމަ ކުރަމުންނެވެ.

ކޮވިޑް-19 އަށް 93 ފުލުހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި މިހާރު އެކްޓިވް ކޭސް ތަކުގެ ގޮތުގައި 56 މީހަކު ހިމެނޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ ވިދާޅުވެފަ އެވެ. ޕޮޒިޓިވްވި މީހުންގެ ތެރޭގައި ފުލުސް އޮފިސަރުންގެ އިތުރުން އެ އިދާރީ މުވައްޒަފުން ވެސް ހިމެނެ އެވެ.

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910