ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

މަރުވި ބިދޭސީއަކީ ކޭކޭ ގޭގައި މަސައްކަތް ކުރާ މީހެއް

ކޮވިޑްގަައި ރާއްޖެއިން މަރުވި ދެވަނަ މީހަކީ އެމްއެންޑީއެފްގަައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށް އެނގިއްޖެ އެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން ދެވަނަ މީހަކު މަރުވެފަައި ވަނީ މިއަދު އެވެ. އެއީ ބަންގްލަދޭޝްއަަށް ނިސްބަތްވާ 33 އަހަރުގެ ޒުވާނެކެވެ. އޭނާ މަރުވިއިރު ކޮވިޑަށް ޕޮޒިޓިވްވެފައިވީ ނަމަވެސް މަރުވީ ސިއްހީ އެހެން މައްސަލަތަކެއް ކުރިމަތި ވެގެނެވެ. އެގޮތުން އޭނާ ފިޓް ޖެހި ސިކުޑިއަށް ލޭ އެޅިފައި ވެއެވެ. މަރުވީ ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނިކޮށެވެ.

މިއަދު މަރުވި އެ މީހާއަކީ އެމްއެންޑީއެފްގެ ކަޅުތުއްކަލާ ކޮށީގަައި މަސައްކަތް ކުރަމުންދާ މީހެކެވެ. އޭނާއަކީ އެ ތަނުގެ ގުދަނުގައި މަަސައްކަތު މީހެއްގެ ވަޒީފާގައި ހުރި މީހެކެވެ.

އޭނާ ކޮވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ސިފައިންގޭގެ ބަޔަކު މިހާރު ވަނީ އައިސޮލޭޓް ވެސް ކޮށްފަ އެވެ. އަދި އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގާފަ އެވެ.

މިކަމާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގަައި ސުވާލު ކުރުމުން ތަރުޖަމާން މަބުރޫކް އަޒީޒް ވިދާޅުވީ އެ މަައުލޫމާތު މިރޭގެ ޕްރެސްގައި ހިއްސާ ކުރާނެ ކަމަށެވެ.

ސިފައިންގޭގެ ގުދަނެއްގައި މަސައްކަތްކުރާ ބިދޭސީއަކު ކޮވިޑަށް ޕޮޒިޓިވްވެ މަރުވެފަައިވާއިރު ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރޭގައި ސިފައިންގެ މީހުން ވެސް ހިމެނެ އެވެ. ސިފައިންގެ ތެރެއިން ޕޮޒިޓިވްވާ މީހުންގެ މައުލޫމާތު ހާމަ ކުރަމުން ގެންދިއުމަށް ފަހު ފަހުން ވަނީ ސިފައިންގެ ކްލަސްޓާއާ ގުޅުންހުރި މީހުންގެ އަދަދުތައް ހާމަ ނުކުރަން ނިންމާފަ އެވެ.

ނަމަވެސް އެ ކްލަސްޓާ ބޮޑުވެ، ގިނަ ބަޔަކަށް ބަލި ޖެހުމުގެ ފުރުސަތު އެބައޮތް ކަމަަށް އެންއީއޯސީން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އިބްރާހިމް އަފްޒަލް ވަނީ ވިދާޅުވެފައި ވެއެވެ،