ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެމްއެންޑީއެފް

ދިވެހި ސިފައިން ވެންޓިލޭޓަރެއް އުފައްދައިފި

ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއްް އެމްއެންޑީއެފް އިން އުފައްދައިފި އެވެ.

އެ އިދާރާއިން ބުނީ އެމްއެންޑީއެފްގެ ސާވިސް ކޯޕްސް ގެ ސިގްނަލްސް އިން ނޭޝަނަލް އެމަޖެންސީ ސެންޓަރަށް ބޭނުންވާ އެމަޖެންސީ ވެންޓިލޭޓަރެއްް އުފައްދާފައިވާ ކަމަށެވެ.

ސިގްނަލްސް އިން މި ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް ފެށީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ.

ހަލާކުވެފައިވާ ބައެއް އިލެކްޓްރޯނިކް އިކުއިޕްމަންޓްސްގެ ބައިތައް ބޭނުންކޮށްގެން މި ވެންޓިލޭޓަރު ހަދާފައިވަނީ 14 ދުވަހުގެ ތެރޭގައެވެ.

މިއަދު ސިފައިންގެ ބީކޭ އޮޑިޓޯރިއަމްގައި ވެންޓިލޭޓަރު ދައްކާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނަރަލް އަބްދުﷲ ޝަމާލް އަދި ވައިސްޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނަރަލް އަބްދުއްރަހީމް އަބްދުއްލަތީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ތައްޔާރު ކުރެވުނު އެމަޖެންސީ ވެންޓިލޭޓާކީ ޕްރޮޓޯޓައިޕް އަކަށް ވުމުން މިފަދަ މެޑިކަލް ޑިވައިސްތައް ބޭނުން ކުރުމުގެ ކުރިން ހަމަޖެހިފައިވާ އުސޫލުން ޓެސްޓްތަކާއި ޓްރައަލްސްތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސިފައިން ބުންޏެވެ.