ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޔޫއޭއީގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފި

ޔޫއޭއީގައި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފި އެވެ.

ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ކަމަށް ރިޕޯޓްކޮށްފައިވަނީ ހަލީޖް ޓައިމްސް އަދި ގަލްފް ނިއުސްގައެވެ.

އެ ނޫސްތަކުގައި ބުނެފައިވަނީ ޔޫއޭއޭއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 50 މީހަކަށް ކޮވިޑް ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ލަންކާ، ޔޫކޭ، ސައުދީ އަރަބިއްޔާ، ޔަމަން، ޓިއުނީޝިއާ، ސައުތު އެފްރިކާ، ބެލްޖިއަމް، ސައުތު އެފްރިކާ، ބަލްގޭރިއާ، ފުރާސް، ޗެކްރިޕަބްލިކް، އޮސްޓްރޭލިއާ، ލުބުނާން، ކެންޔާ، ދިވެހިރާއްޖެ، ސޫދާން، އިރާން، އަޔަލެންޑް، މޮރޮކޯ، ޕާކިސްތާން އަދި ސްވިޑިން މީހަކެއް ކަމަށެވެ.

މީގެ އިތުރުން އިޓަލީ، އިޖިޕްޓް، ޔޫއޭއީ، ސްޕެއިން، ނެދާލެންޑް، ޖޯޑަން އަދި ފިލިޕީސްގެ ދެ މީހެއްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ޔޫއެސް، ބަންގްލަދޭޝް، ފަލަސްތީނުގެ ތިން މީހަކާ، އިންޑިއާގެ ހަ މީހެއްވެސް ހިމެނޭ ކަމަށެވެ.

މިހާތަނަށް ޔޫއޭއީގައި ކޮވިޑް ޖެހުނު މީހުންގެ އަދަދު ވަނީ 248 އަރާފައެވެ.

މިކަމާ ގުޅިގެން ދިވެހި ހާރިޖިއްޔާއިން ބުނީ އެކަން ޔަގީން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ކޮވިޑް-19 އަށް ރާއްޖޭގައި މިހާތަނަށް ޕޮޒިޓިވްވީ 13 މީހެކެވެ. އެއީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.