ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓޫރިޒަމް

ޗަމްޕާގެ ހުރިހާ ރިސޯޓެއް ވަގުތީ ގޮތުން ބަންދު ކޮށްފި

Mar 25, 2020
2

ކޮވިޑް-19 އިގެ ސަބަބުން ލިބެމުންދާ ގެއްލުން ތަކުން އަރައި ގަތުމަށް ކުރާ މަސައްކަތުގައި ކްރައުން އެންޑް ޗަމްޕާ ކުންފުނީގެ އަށް ރިސޯޓާއި ހޮޓަލެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމައިފި އެވެ.

ކަރައުން އެންޑް ޗަމްޕާ ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނީ އެ ކުންފުނީގެ ހުރިހާ ރިސޯޓެއް ތިން މަސް ދުވަހަށް ބަންދު ކުރަން ނިންމާފައިވާ ކަމަށާއި ރިސޯޓުތައް ބަންދު ކުރަން ނިންމާފައި ވަނީ އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ޖޫން 30 ގެ ނިޔަލަށް ކަމަށެވެ.

އަދި ބުނެފައި ވަނީ ރިސޯޓުތަކުގެ އޮޕަރޭޝަން ވަގުތީ ގޮތުން ހުއްޓާލި ނަމަވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކި ކޮށްފައި ނުވާނެ ކަމަށެވެ.

ޗަމްޕާ ކުންފުނިން ރާއްޖޭގައި ހިންގާ ރިސޯޓް ތަކަކީ ޅ. ހުރަވަޅި މޯލްޑިވްސް އާއި އިންނަހުރާ މޯލްޑިވްސް އާއި ކުރެއްދޫ އައިލެންޑް ރިސޯޓާއި ކޮމަންޑޫ އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އަައިލެންޑާއި ވެލިގަނޑު ރިސޯޓާއި އދ. އަތޮޅުގައި ހިންގާ ވިލަމެންދޫ ރިސޯޓެވެ.

މީގެ އިތުުރުން މާލެ އަތޮޅުގައި ހިންގާ މީރު އައިލެންޑް ރިސޯޓާއި އަދި އެ ކުންފުނިން ހިންގާ ހޮޓަލަކީ ޗަމްޕާ ސެންޓްރަލް ހޮޓާ ވެސް ބަންދު ކުރާނެ އެވެ.

ރާއްޖޭގައި ކޮވިޑް-19 ފުރަތަމަ ފެނިފައި ވަނީ ކުރެއްދޫ އައިލެންޑް ރިސޯޓަށް އައި ޓޫރިސްޓެއްގެ ގައިންނެވެ. މިހާތަނަށް ރާއްޖެއިން 13 މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވެ އެވެ. އޭގެ ތެރެއިން ފަސް މީހަކު ވަނީ ރަނގަޅުވެފަ އެވެ. އެ ހުރިހާ މީހުނަކީ ވެސް ބިދޭސީންނެވެ.

ޗަމްޕާގެ ރިސޯޓުތައް ބަންދު ކުރިއިރު މަޝްހޫރު ޓޫރިޒަމް ކުންފުނި ޔުނިވާސަލްގެ ރިސޯޓުތައް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންވެ ރާއްޖޭގެ ގިނަ ރިސޯޓުތަކެއްގެ ހިދުމަތް މިހާރު ވަނީ ހުއްޓިފަ އެވެ.