ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރާއްޖެއަށް ކާޑުގެ ދައްޗެއް ނުވާނެ: އިންޑިއާ

Mar 25, 2020
7

ކުރިއަށް އޮތް ދެ ހަފުތާއަށް މުޅި އިންޑިއާ ލޮކްޑައުން ކޮށްފައިވީ ނަމަވެސް ރާއްޖެއަށް ކާޑު ގެނުއުމަށާއި ފޯރު ކޮށްދިނުމަށް އެއްވެސް ދައްޗެއް ކުރިމަތި ނުވާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން މިއަދު ބުނެފި އެވެ.

ހައިކޮމިޝަނުން މިއަދު ބުނީ ކޮވިޑް-19 ގެ ސަބަބުން ލޮޖިސްޓިކަލް ދަތިތަށް ދިމާވި ނަމަވެސް ހަނޑޫ، ފުށް އަދި ހަކުރު ފަދަ ކާޑުގެ ބާވަތްތަށް މެދުނުކެނޑި އިންޑިއާއިން ލިބެން ހުންނާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އެގޮތުން ހަނޑުލާއި ހަކުރުގެ 20 ދުވަހުގެ ސަޕްލައި މިހާރު ވަނީ އިންޑިއާއިން ޝިޕް ކުރެވި، ވަރަށް އަވަހަށް ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށް ބުންޏެވެ.

އިތުރު 1500 މެޓްރިކް ޓަނުގެ ހަނޑުލާއި 500 މެޓްރިކް ޓަނުގެ ހަކުރުގެ ޝިޕްމެންޓެއް ޓުޓިކޯރިން ޕޯޓުގައި ދަނީ ލޯޑު ކުރަމުން ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.

އެހެންވެ، ހާސްކަންމަތީގައި ތިބެގެން ގަނޑުކޮށް ކާޑުގެ ބާވަތްތަށް ނުގަތުމަށް ހައިކޮމިޝަނުން ވެސް އިލްތިމާސްކުރި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ އެ ގައުމު އެއްކޮށް ލޮކްޑައުން ކުރުމަށް ނިންމާފަ އެވެ. މިއަދު ފެށިގެން އިންޑިއާ އެއްކޮށް ލޮކްޑައުންކޮށްފައިވާއިރު، އެ ގައުމަށް ބޭރުގެ ފްލައިޓްތައް ޖެއްސުން ވެސް ވަނީ މަނާކޮށްފަ އެވެ.