ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާއިން އެސްޓީއޯގެ ބޭސް ޝިޕްމެންޓް ގެނެސްދީފި

Apr 2, 2020
1

އިންޑިއާއިން 6.2 ޓަނުގެ ޒަރޫރީ ބޭހާއި ސިއްހީ ދާއިރާއަށް މުހިންމު އެހެނިހެން އާލާތްތަކުގެ ޝިޕްމެންޓެއް ރާއްޖެ ގެނެސްދީފި އެވެ. މި ޝިޕްމެންޓް ގެނައީ އިންޑިއަން އެއާ ފޯސް އެއާކްރާފްޓެއްގަ އެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން މިއަދު ބުނީ މި ޝިޕްމެންޓަކީ އިންޑިއާގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން އިއުލާނު ކޮށްފައިވާ 21 ދުވަހުގެ ލޮކްޑައުންގެ ސަބަބުން ރާއްޖެއަށް ނުގެނެވި ތާށި ވެފައިވާ އެސްޓޯއޯއިން އިންޑިއާގެ ހަތް ސަޕްލަޔަރުނަށް ދީފައިވާ އޯޑަރުތަކުގެ ޝިޕްމެންޓެކެއް ކަމަށެވެ.

ހައިކޮމިޝަނުން ބުނީ ދިވެހި ސަރުކާރުގެ އެދުމުގެ މަތިން އައިއޭއެފްއިން ވަނީ "އޮޕަރޭޝަން ސަންޖީވަނީ" ގެ ނަމުހައި އޮޕަރޭޝަނެއް އެކްޓިވޭޓްކޮށް ބޭހުގެ ޝިޕްމެންޓްތައްް ނަގައި ރާއްޖެ ގެނެސްދީފަ އެވެ.