ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންޑިއާގެ މަނަވަރުން ދިއަ ބައަކު ޕޮޒިޓިވްވިކަމެއް ރަސްމީކޮށް ނާންގާ: ސަރުކާރު

May 13, 2020

ރާއްޖޭގައި ތިބި އިންޑިއާގެ މީހުން އަނބުރާ ގެންދިޔުމަށް އެ ގައުމުން ފޮނުވި މަނަވަރަކުން ދިޔަ ދެ މީހަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާކަން އަދި ރަސްމީކޮށް ކަށަވަރު ވެފައިނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުން ޓެމިލްނާޑުގެ ސްޓޭޓެއް ކަމަށްވާ ޓްރިޗީގެ އެ ދެ މީހުން ޕޮޒިޓިވްވިކަން އެނގުނީ، އެނބުރި ދިއުމާ އެކު، އިއްޔެ އެ ބައްޔަށް ޓެސްޓު ކުރުމުންނެވެ. އެ މަނަވަރުގައި ޓްރިޗީގެ 16 މީހަކު ތިއްބެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވި އިރު އަނެއް 14 މީހުންގެ ޓެސްޓު ނެގެޓިވްކަމަށް އެ ނޫހުން އިތުރަށް ބުނެފައިވެ އެވެ.

މިރޭ އެންއީއޯސީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދުލުވުމުގައި އެކަމާ ގުޅޭގޮތުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު އަޒީޒް ވިދާޅުވީ، އިންޑިއާގެ މީޑިއާއިން އެގޮތަށް ރިޕޯޓުކުރުމާ ގުޅިގެން އެކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"އެކަން ބަލަމުން އެބަދަން. އެކަމަކު އަދި ރަސްމީކޮށް އެކަން ކަށަވަރުކޮށްދީފައެއް ނުވޭ،" މަބުރޫކު ވިދާޅުވި އެވެ.

ރާއްޖެ އިން ގެންދާ އިންޑިއާ މީހުން ފުރަތަމަ ކޮޗިންގައި 14 ދުވަހުގެ މުއްދަތަށް ކަރަންޓީން ކުރުމަށް އެ ގައުމުގެ ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެހެންކަމުން، ރާއްޖެ އިން އެންމެ ފުރަތަމަ ފުރި 698 މީހުންގެ ގުރޫޕްގެ ވެސް ކަރަންޓީންގެ މުއްދަތު އަދި ހަމަވެފައިނުވާތީ، ޕޮޒިޓިވްވި ދޭ މީހުނަށް ޓްރިޗީ އަށް ދެވުނު ގޮތާ މެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ 698 މީހަކު ގޮވައިގެން ފުރަތަމަ މަނަވަރު ފުރާފައިވަނީ މިދިއަ ހުކުރު ދުވަހު އެވެ. މިދިއަ އާދިއްތަ ދުވަހު ފުރި ދެ ވަނަ މަނަވަރުގައި، 202 މީހުން އެނބުރި ގައުމަށް ދިޔަ އެވެ.