ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ރައީސް ސޯލިހުގެ ނޫސްވެރިންގެ ބައްދަލުވުމެއް 4:45 ގައި

Mar 25, 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު ހަވީރު 4:45 ގައި އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

މިއީ ކޮވިޑް-19އާ ގުޅިގެން ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ. މީގެކުރިން އެއް ފަހަރު ގައުމާ މުހާތަބު ކުރެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އަޅާފައިވާއިރު މިއަދު އިތުރު ފިޔަވަޅުތަކެއް އިއުލާން ކުރާނެ ކަމަށް ބެލެވެ އެވެ.

މިހާރު އޮތް ގޮތުންނަމަ، ސަރުކާރުތަކާއި ސްކޫލްތައް އަންނަ ހަފުތާ ހުޅުވޭނެ އެވެ. ނަމަވެސް ކޮވިޑް-19ގެ ބިރު ބޮޑުވަމުންދާތީ ގިނަ ގައުމުތަކުން މިހާރު ވެސް ދަނީ ލޮކްޑައުން ކުރަމުންނެވެ.