ސައުދީ އަަރަބިއްޔާ

މައްކާ، މަދީނާ އަދި ރިޔާދުވެސް ލޮކްޑަައުން ކޮށްފި

ސައުދިއަރަބިއްޔާގެ މައްކާ، މަދީނާ އަދި ރިޔާދުވެސް ލޮކްޑަައުން ކޮށްފި އެވެ.

ސައުދީގެ އެންމެ މުހިންމު ތިން ސިޓީ ލޮކްޑައުންކޮށްފައިވާކަން ހާމަކޮށް ސައުދީ ރަސްގެފާނު ސަލްމާން ވަނީ މިއަދު ހާއްސަ ގަރާރެއް ނެރުއްވާފައެވެ.

ރަސްގެފާނުގެ ގަރާރުގައި މައްކާ، މަދީނާ އަދި ރިޔާދުވެސް ލޮކްޑަައުން ކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް ވަނީ ބުނެފައެވެ. އަދި މި ތިން ސިޓީގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތުތަކަށްވެސް ވަނީ ބަދަލު ގެނެސްފައެވެ.

ސައުދީ އަރަބިއްޔާގައި ކާފިއު އިއުލާނުކޮށްފައިވާއިރު، ކާފިއުގެ ވަގުތަކީ ރޭގަނޑު 7:00 ފެށިގެން ހެނދުނު 6:00 ހަމައަށް ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް މައްކާ، މަދީނާ އަދި ރިޔާދުގައި ކާފިއު ހިންގާނީ ހަވީރު 15:00 ފެށިގެން ހެނދުނު 6:00 ކަމަށް ވަނީ ކަނޑައަޅާފައެވެ.

ރަސްގެފާނުގެ މި ގަރާރަށް މާދަމާއިން ފެށިގެން އަމަލުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮރޯނާ ވައިރަސްއާ ގުޅިގެން ސައުދީ ސަރުކާރުން ގެންދަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުންނެވެ.