ވިޔަފާރި

އެމްއެސްއެސްގެ ބޯޓު އަންނާނީ ރާއްޖެއަށް ބޭނުންވާ ކާޑާއެކު: އެސްޓީއޯ

Mar 26, 2020
3

އެސްޓީއޯ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިިޕިން (އެމްއެސްއެސް) ގެ ފުރަތަމަ ބޯޓު ރާއްޖެ އަންނާނީ ކާޑު ބަރުކޮށްގެން ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ދަރުބާރުގާއި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެސްޓީއޯ ޝިޕިންގެ ފުރަތަމަ ބޯޓު އަންނަ ހަފުތާ މާލެ އަންނާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިހާރު ޕްލޭން ކުރެވިފައިވާ ގޮތުން އެމްއެސްއެސްގެ ފުރަތަމަ ބޯޓު ރާއްޖެ އަންނާނީ އަންނަ މަހުގެ ތިން ވަނަ ދުވަހު އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި އަމިއްލަ ޝިޕިން ލައިނެއް އޮތުމުން ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށް ދިނުމަށް ފަސޭހަ ވެގެންދާނެ ކަމަށެވެ. މިހާރު ތަހަމަލް ކުރަމުންދާ އުނދަގޫ ހާލަތަށް ބަލާއިރު އަމިއްލަ ޝިޕިން ލައިނެއް އޮތުން މުހިންމު ކަމަށެވެ.

ގައުމީ ޝިޕިން ކުންފުންޏެއް އުފެއްދުމަކީ 2020ގެ ތަސައްވުރުގައި ވެސް ހިމަނާފައި އޮތް ކަމެކެވެ. ނަމަވެސް 2020 އާ ހަމަ އަށް ވެސް ގައުމީ ޝިޕިން ކުންފުންޏެއް ރާއްޖޭގައި އުފެދިފައެއް ނުވެ އެވެ. ރާއްޖެއަކީ ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރު ވަރުގަދަ ޝިޕިން ކުންފުންޏެއް އޮތް ގައުމެވެ.