ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައްޑޫ ސިޓީ ކައުންސިލް

މަބުރޫކުގެ ވާހަކަތައް ކައުންސިލުން ދޮގު ކޮށްފި

ކޮވިޑް19 އާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އައްޑޫ ސިޓީގެ އާންމު ހިދުމަތްދޭ ތަންތަނުން ރޭގަނޑު ހިދުމަތް ދިނުން މަނާކޮށްފައިވަނީ ކަމާބެހޭ އިދާރާތަކާ މަޝްވަރާ ކުރުމަށްފަހު ނޫން ކަމަށް ސަރުކާރުން ހާމަކޮށްފައިވާތީ އެކަން އައްޑޫ ސިޓީ ކައުންސިލުން ދޮގު ކޮށްފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ވަނީ އާންމު ހިދުމަތްދޭ ތަންތަނުން މިއަދުން ފެށިގެން ހިދުމަތް ދޭންވާނީ ކޮންމެ ދުވަހަކު ހެނދުނު 6:00 އިން އިރުއޮއްސި 6:00 އަށް ކަމަށް ބުނެފައެވެ. އެގޮތުން ސިއްހީ ހިދުމަތްދޭ ކްލިނިކްތަކާއި ބޭސްފިހާރަތައް ފިޔަވައި އެހެން ތަންތަން ރޭގަނޑު 6:00 ފަހުން ހުޅުވާފައި ނުބެހެއްޓޭނެ ކަމަށް ވަނީ ބުނެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް19 އާ ގުޅޭ ސަރުކާރުގެ ތަރްޖަމާން މަބުރޫކު އަޒީޒް ވަނީ އައްޑޫ ސިޓީ ކައުންސިލްގެ އެ ނިންމުމަކީ އެޗްޕީއޭއާ މަޝްވަރާ ކުރުމަށްފަހު އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ. މަބްރޫކް ވިދާޅުވީ ސަރުކާރުން އަޅާ ފިޔަވަަޅުތައް އަދި ސަރުކާރުން އެހެން އިދާރާތަކަށް އަންގާ އެންގުންތައްވެސް އަންގަމުންދަނީ އެޗްޕީއޭގެ އިރުޝާދާއެކު ކަމަށެވެ.

"މަޝްވަރާ ކުރެވިގެން ނިންމި ކަމެއް ނޫން އެއީ." މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު ވަނީ އެކަން ދޮގު ކުރައްވާފައެވެ. ސޯބެ ވިދާޅުވީ ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި އައްޑޫ ސިޓީ ކައުންސިލުން ގަވާއިދުން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ވިޔަފާރިކުރާ ތަންތަން އިރުއޮއްސި 6:00 ގައި ބަންދު ކުރުމަށް ނިންމީ ޑިރެކްޓަރު ޖެނެރަލް އޮފް ހެލްތް ސާވިސަސް މައިމޫނާ އަބޫބަކުރުއާ މަޝްވަރާ ކުރުމަށްފަހު އައްޑޫގެ ކޮވިޑް19 ޓާސްކްފޯހުން ނިންމައިގެން ކަމަށެވެ.