ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮއްދިއްޕަރު ރިސޯޓުން ޝައްކު ކުރެވޭ ބިދޭސީއަކު ޓެސްޓް ކުރަނީ

ގްރޭންޑް ޕާކް ކޮއްދިއްޕަރު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއަކު ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ އެ އެޖެންސީން މިހާރު އަމަލު ކުރަމުންދާ އުސޫލުގެ ދަށުން ގްރޭންޑް ޕާކް ކޮއްދިއްޕަރު ރިސޯޓުގައި ކޮވިޑް-19 އަށް ޝައްކު ކުރެވޭ ބިދޭސީއެއްގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދާ ކަމަށެވެ.

އެ ބިދޭސީ މީހާ ރިސޯޓުގައި އެކަހެރި ކޮށްފައިވާ ކަމަށާއި ޓެސްޓްގެ ނަތީޖާ ލިބެން ދެން އެ ރިސޯޓު މޮނިޓާރިންގެ ހާލަތަށް ގެންދެވިފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ގިނަ ޓެސްޓްތަކެއް މިހާރު ދަނީ ހަދަމުންނެވެ. ކިރިޔާ އަލާމާތެއް ފެނުނަސް އެމީހެއްގެ ސާމްޕަލްތައް ނަގަ އެވެ. އެގޮތުގެ މަތިން ފަހުން ނެގި ސާމްޕަލްތަކުގެ ތެރެއިން ގިނަ ސާމްޕަލްތަކުގެ ނަތީޖާ ވަނީ ނެގެޓިވް ވެފަ އެވެ. ނަތީޖާ ނުލިބި އޮތް ބައެއް ސާމްޕަލްތައް ވެސް އެބަ ހުއްޓެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް-19 އަށް ޕޮޒިޓިވްވީ 13 މީހެކެވެ. އޭގެ ތެރެއިން އަށް މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ. މިހާރު ފަރުވާދެމުންދަނީ ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މީހަކަށާއި އަނަންތަރާ ދިގު ރިސޯޓްގެ ދެ މީހަކާއި އައިލެންޑް ސަފާރީގެ އެއް މީހަކަށެވެ. ރާއްޖޭން އެ ބައްޔަށް ޕޮޒިޓިވް މީހަކު ނުފެންނަތާ ހަފުތާއަކަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.