ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ކޮވިޑް-19: ޗައިނާ އިން ހަދިިޔާކުރި ފުރަތަމަ ޝިޕްމަންޓް ގެނެސްފި

ކޮވިޑް-19 އާ ގުޅިގެން، ޗައިނާ އިން ރާއްޖެ އަށް ހަދިޔާ ކުރި ފުރަތަމަ ޝިޕްމަންޓު މިއަދު ގެނެސްފި އެވެ.

ޗައިނާ އިން ރާއްޖެ އަށް ކަނޑައަޅާފައިވާ ސަފީރު ޒާން ލިޒޯން މިއަދު ވިދާޅުވީ، ރާއްޖެ އަށް ހަދިޔާ ކުރި އެމަޖެންސި ޝިޕްމަންޓުގެ ފުރަތަމަ ބެޗް މިއަދު ގެނެވިފައިވާ ކަމަށެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާ ވައިރަސް އެ ގައުމުގައި ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްފަ އެވެ. އޭގެ ފަހުން ބަލިފެތުރެމުންދާ އެހެން ގައުމުތަކަށް ޗައިނާއިން ދަނީ އެހީ ފޯރުކޮށްދެމުންނެވެ.

މި ވައިރަހާ ގުޅިގެން އިންޑިއާއިން ވެސް ދަނީ ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ ބައެއް ބޭސްތައް އިންޑިއާއިން ފޯރުކޮށްދިނެވެ.

ކޮރޯނާވައިރަސް އަށް ޕޮސިޓިވް ވެފައިވާ 14 މީހަކު ރާއްޖެއިން ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި 13 ބިދޭސީންނެވެ.