ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފުރަތަމަ ފަހަރަށް ރާއްޖެއިން ދިވެއްސަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް19 އަށް ފުރަތަމަ ފަހަރަށް ދިވެއްސަކު ޕޮޒިޓިވްވެއްޖެ އެވެ.

ހެލްތް މިނިސްޓްރީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ އުމުރުން 38 އަހަރުގެ މީހެއް ކަމަށެވެ.

އެމީހަކީ އިނގިރޭސިވިލާތުން ރާއްޖެ އައި މީހެއް ކަމަށްވެސް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އިނގިރޭސި ވިލާތުން އައި ދިވެހި މީހާ ކަރަންޓީން ކޮށްފައިވަނީ މިމަހުގެ 22 ގައި ކަމަށްވެސް އަމީން ވިދާޅުވިއެވެ. އަދި އޭނާގެ ޓެސްޓްތައް ހަދަން ފޮނުވީ މިމަހުގެ 25 ވަނަ ދުވަހު ކަމަށާ އަދި ފޮޒިޓިވް ކަމުގެ ނަތީޖާ ލިބިފައިވަނީ މިއަދު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ދިވެހި މީހާ ރާއްޖެ އައުމާއެކު ކަރަންޓީނަށް ގެންގޮސްފައިވާ ކަމަށާ އެ މީހާގެ ކިބައިން ކޮވިޑްގެ އަލާމާތްތައް ފެނިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އެމީހާ އެ މުއްދަތުގައި އެކަހެރިކޮށްފައި ހުރީ ވަކިން ކޮޓަރިއެއްގައި ކަމަށާ އެހެން ކަމުން އެހެން ބަޔަކާ އެމީހަކާ ކޮންޓެކްޓްވުމުގެ ފުރުސަތު ވަރަށް ކުޑަ ކަމަށް އަމީން ވިދާޅުވިއެވެ.

"މިމަހުގެ 25 ހާ ހަމައަށް އޭނާގެ އަލާމަތްތަކެއް ނުފެނޭ. އެހެން ނަމަވެސް އައިސޮލޭޓްކުރެވިފައިހުރީ ވަކިން. އަލާމަތްތައް ފެނުނުނަމަވެސް ވަރަށް މައިލްޑް ސިމްޓަމް އަދިވެސް މިއަދު ފާހަގަ ކުރެވިފައިވަނީ މިއަދު ޕްރެސްއަށް އައިއިރުގައި."

އިނގިރޭސިވިލާތުން ރާއްޖެ އައި އެމީހާ ފުރަތަމަ ކަރަންޓީނަށް ގެންދެވުނީ ކޮވިޑް19 ގެ އަލާމަތްތައް ފެނިގެން ނޫން ނަމަވެސް އޭނާ ކަރަންޓީން ފެސިލިޓީއާ ހަމައަށް ގެންދެވުނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ކަމަށް އަމީން ވިދާޅުވިއެވެ. އެހެން ނަމަވެސް އެމީހާ ކޮވިޑްއަށް ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިން މިހާރު ބަލަމުން ގެންދާ ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ދިވެއްސަކު ޕްޒިޓިވްވީނަމަވެސް އަދި ރާއްޖޭގައި އެ ވައިރަސް ފެތުރުމުގެ ފުުރުސަތު ބޮޑުވެގެން ނުދާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަދި ކޮމިއުނިޓީ ހިއުމަންޓް ހިއުމަން ނޫނީ ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް އަދި ނުއެއްދޭ. ކޮމިއުނިޓީ ސްޕްރެޑް ހާލަތަކަށް ދިއުމަކީ ރާއްޖެއިން ބޭރުން ރާއްޖެ އައި ކޭސްއަކާ ގުޅުމެއްނެތް ގޮތަށް ރާއްޖެއިން ބަލި ފެނުން. އެ ހާލަތަށް ދިޔައީމަ އަޅަންޖެހޭ ފިޔަވަޅުތައް ވަރަށް ތަފާތުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި ދިވެއްސަކަށް ކޮވިޑް ޖެހުމާ ގުޅިގެން މިހާތަނަށް ރާއްޖެއިން އެ ބައްޔަށް ޕްޒިޓިވްވި މީހުންގެ އަދަދު މިވަނީ 14 އަށް އަރާފައެވެ.