ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރާއްޖޭގައި ކަރަންޓީންވުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި 14 ދުވަހުގެ ކަރަންޓީންގައި ތިބުމަށް ފަހު ފުރި އިޓަލީގެ ދެ މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

ދަރުބާރުގޭގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓްވެފައިވާ ދެ އިޓަލީ ފަތުރުވެރިން 14 ދުވަހުގެ މުއްދަތަކަށް ކަރަންޓީން ފެސިލިޓީއަކަށް ބަދަލު ކުރި ކަމަށާއި އެ މުއްދަތަށް ފަހު އެ މީހުން ރާއްޖެއިން ފުރުމުގެ ކުރިން ވައިރަހަށް ޓެސްޓު ކުރި ކަމަށެވެ. އަދި އެ ދެ މީހުން ފުރި ފަހުން ޓެސްޓުތަކުގެ ނަތީޖާ އައިސް، އެ ދެ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.

"...14 ދުވަހުގެ ކަަރަންޓީން ނިންމާފައި ފުރައިގެން ދިޔަ އިޓަލީ ދެ މީހަކު ޕްޒިޓިވްވެފައިވާކަން ވަނީ ފާހަގަ ކުރެވިފައި. އަޅުގަނޑުމެން ކަރަންޓީން ނިންމާފައި ހައި ރިސްކް މީހުން ފުރައިގެން ދިއުމުގެ ކުރިންވެސް ސާންޕަލް ނަގާ، އެއީ އަޅުގަނޑުމެންގެ ރިސާޗާ، ބޭނުންތަކަށް. އެގޮތަށް ނެގި ދެ މީހެއްގެ ސާންޕަލް މިއަދު ޕޮޒިޓިވްވެފައިވާކަން ފާހަގަކޮށްލަން." އަމީން ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 14 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ދިވެއްސަކުވެސް ހިމެނެއެވެ. އެމީހާއަށް އެ ބަލި ޖެހިފައިވާކަން ޔަގީން ކުރެވިފައިވަނީ މިއަދުއެވެ. ދެން ޕޮޒިޓިވްވީ މުޅިން ވެސް ބިދޭސީންނެވެ. އޭގެ ތެރޭގައި ގިނައީ އިޓަލީ މީހުންނެވެ.

އެ މީހުންގެ ތެރެއިން ނުވަ މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ.