ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

އިޓަލީ ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ އިސްތިއުފާ ދެއްވައިފި

އިޓަލީ ބޮޑުވަޒީރު ޖުސެއްޕެ ކޮންޓޭ އިސްތިއުފާ ދެއްވައިފި އެވެ. ބޮޑުވަޒީރު އިސްތިއުފާ ދެއްވިއިރު އިޓަލީގެ ސިޔާސީ މަޝްރަހު އޮތީ ބޮއްސުންލައި މަސްލަހަތު ގެއްލިފަ އެވެ. އިޓަލީ މިހާލަތަށް ވެއްޓެން މެދުވެރިވި ސަބަބަކީ ބޮޑުވަޒީރު ކަމަށް ކޯލިޝަންގެ ބައިވެރިން ބުނެ އެވެ. ކޮވިޑާ ހެދި އިޓަލީ ވެއްޓިފައި އޮތް ވަޅުގަނޑުން ނަގައި ފުއްދުންތެރި ގައުމަކަށް ހެދުމަށް ބޮޑުވަޒިރު އިޚްތިޔާރު ކުރައްވަނީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ބައިވެރިން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރުގެ އިސްތިއުފާ ރައީސް، ސަރުޖިއޯ މަޓަރެއްލާ ވަނީ ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް ސަރުކާރެއް އެކުލަވާލެވެން ދެން ދައުލަތް ބެލެހެއްޓެވުމުގައި ކޮންޓޭ ދެމި ހުންނެވުމަށް ރައީސް އެދިވަޑައިގަންނަވާނެ ކަމަށް ވެ އެވެ.

ރައީސް މަޓަރެއްލާ އަށް މިހާރު ޖެހިވަޑައިގެންފައި ވަނީ ގޮތެއް ނިންމެވުމަށް ޕާލަމެންޓްގައި، ޕާޓީތަކުގެ މެދުގައި މަޝްވަރާ ކުރެއްވުމަށެވެ. އެހެން ނަމަވެސް، މަޝްރަހު ދިރާސާ ކުރާ މީހުން ދެކޭ ގޮތުގައި އިޓަލީގެ ސިޔާސީ މަޝްރަހު މި ހިސާބުން ދެކަފި ވުމަކީ ވެސް ވެދާނެ ކަމެވެ.

ފުރަތަމަ ގޮތަކީ ސަރުކާރެއް އެކުލަވާލެއްވުމަށް ބޮޑުވަޒީރަށް ފުރުސަތު ލިބިލެއްވުމެވެ. ދެވަނަ ގޮތަކީ ދައުރު ހަމަ ނުވަނީސް އިންތިހާބަކަށް ދިއުމެވެ. އިޓަލީ މިހާރު އޮތް ހާލަތުން ބޮޑަށް ބެލެވެނީ އިންތިހާބަކަށް ވުރެ ތިން ވަނަ ފުރުސަތެއް ބޮޑުވަޒީރަށް ލިބިލެއްވުމެވެ.

ޕާލަމެންޓްގައި މަޝްވަރާ ކުރެއްވުމަށް ފަހު ކޮންޓޭއަށް ސަރުކާރެއް އެކުލަވައި ލެއްވިދާނެ ކަމަށް ރައީސްއަށް ފެނިވަޑައިގެންފި ނަމަ ތާއީދު ހޯއްދެވުމަށް ބޮޑުވަޒީރަށް ފުރުސަތު ދެއްވާނެ ކަމަށް ބެލެވެ އެވެ.

އިޓަލީ އަކީ ކޮވިޑްގައި ބޮޑުވަރުވި ގައުމެކެވެ. މި ބަލިމަޑުކަމުގައި 85،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިއީ ޔޫރަޕްގައި އެންމެ ގިނައިން ކޮވިޑްގައި މީހުން މަރުވި ގައުމެވެ. ދުނިޔޭގެ ނިސްބަތުން ހަވަނައަށް އެންމެ ގިނަ މީހުން މަރުވި ގައުމެވެ.

ބޮޑުވަޒީރު ކޮންޓޭއަށް އިސްތިއުފާ ދެއްވަން ޖެހިވަޑައިގަތީ ސަރުކާރެއް އުފެއްދެވުމަށް އެއްބާރުލުން ދިން ބައިވެރިން ވަކިވުމުންނެވެ.