ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އިނގިރޭސި ބޮޑުވަޒީރުވެސް ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ބޮޑުވަޒީރުގެ އޮފީހުން އެކަން ވަނީ ޔަގީންކޮށްދީފައެވެ. އަދި ބޮޑުވަޒީރު ބޮރިސް ޖޯންސަންވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ވީޑިއޯ މެސެޖެއްވެސް ދެއްވާފައެވެ. އެ މެސެޖްގައި ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވިދާޅުވީ ކޮވިޑް19 އަށް ޕޮޒިޓިވްވީނަމަވެސް ހާލުކޮޅު ރަނގަޅު ކަމަށެވެ. އަދި ގައުމު ހިންގެވުމުގެ ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި މިވަގުތު ހުންނެވީ ސެލްފް އައިސޮލޭޝަންގައި ކަމަށް ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން، ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާއިރު ނގިރޭސިވިލާތުގެ ރާނީ އެލިޒަބަތުގެ ދަރިކަލުން އަދި ޕްރިންސް އޮފް ވޭލްސް ޗާލްސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަމަށް ވަނީ ހާމަކޮށްފައެވެ.

ކްލެރެންސް ހައުސްގެ ތަރުޖަމާނު ވިދާޅުވި ގޮތުގައި، 71 އަހަރުގެ ޕްރިންސް ޗާލްސްގެ ހާލުކޮޅު މިވަގުތު ރަނގަޅުކަމަށާއި ބަލީގެ އަލާމާތްތައް ހުރީވެސް ވަރަށް ކުޑަކޮށް ކަމަށެވެ.

ޗާލްސްގެ އަނބިކަނބަލުން ވެސް އެ ވައިރަހަށް ޓެސްޓު ކުރިނަމަވެސް، ނަތީޖާ ނެގެޓިވްކަމަށް ތަރުޖަމާނު އިތުރަށް ވިދާޅުވި އެވެ.

ކްލެރެންސް ހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ، ޗާލްސް އަދި ކަމިލާ މިހާރު ތިއްބެވީ ކަރަންޓީނުގައި ދިރިއުޅުއްވާ ގެކޮޅުގައި ކަމަށެވެ.

އިނގިރޭސިވިލާތުގައި ވެސް ކޮވިޑް-19 ދަނީ ވަރަށް ހަލުވި މިނުގައި ފެތުރެމުންނެވެ. އެ ގޮތުން އެ ބަލިޖެހުނު މީހުންގެ އަދަދު މިހާރު 8،000 އަށް އަރާފައިވާއިރު، އޭގެ ތެރެއިން 422 މީހަކު ވަނީ މަރުވެފަ އެވެ.