ލައިފްސްޓައިލް

ހާލަތުގެ އެހީތެރިއަކަށް "ދަ ބޭކާސް"

Mar 28, 2020
5

މަޝްހޫރު ރެސްޓޯރެންޓް "ޓިއުލިޕް" ގެ ތިރީގައި ހުޅުވާފައިވާ "ދަ ބޭކާސް" އަކީ މިވަގުތު މާލޭގައި ހުރި އެންމެ ފާހަގަ ކޮށްލެވޭ މަޝްހޫރުވެފައިވާ އެއް ބޭކަރީ އެވެ. ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކާއި ގުޅިގެން ކަސްޓަމަރުންނަށް ގޭގައި ތިބެގެން ވެސް "ދަ ބޭކާސް" ގެ ހިދުމަތް ހޯދޭނެ މަގު މިހާރު ވަނީ ތަނަވަސްވެފަ އެވެ. ޓޭކްއަވޭގެ އިތުރުން "ދަ ބޭކާސް" އިން މިހާރު ވަނީ ޑެލިވަރީގެ ހިދުމަތް ވެސް ފަށައި ހާލަތުގެ އެހީތެރިއަކަށް ވެފަ އެވެ.

ކޮންމެ ދުވަހަކު ވެސް ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އާ ހަމައަށް "ދަ ބޭކާސް" އިން ޑެލިވަރީގެ ހިދުމަތް ފޯރުކޮށް ދެ އެވެ. "ދަ ބޭކާސް" ގައި ލިބެން ހުރި ތަފާތު ބާވަތްތަކުގެ ކާބޯތަކެއްޗާއި އެ ތަކެތި ވިއްކަމުންދާ އަގުތައް "ދަ ބޭކާސް" ގެ އިންސްޓަގްރާމް އަދި ފޭސްބްކް މެދުވެރިކޮށް ވެސް ބަލައި ލެވޭނެ އެވެ.

މީގެ އިތުުރުން "ދަ ބޭކާސް" އިން ވަނީ ޑެލިވަރީއަށް ހާއްސަ ހޮޓްލައިނެއް ވެސް ގާއިމްކޮށްފަ އެވެ. އެ ހޮޓްލައިން ނަންބަރާ ގުޅާލުމުން ކަސްޓަމާ އެދޭ ނަމަ މެނޫ ވައިބަރު ކޮށްދޭނެ އެވެ. އަދި ވައިބަރު މެދުވެރިކޮށް އޯޑަރު ކުރެވޭނެ އިންތިޒާމް ވެސް ހަމަޖައްސާފައި ހުރިހާ ސުވާލަކަށް ޖަވާބު ދޭނެ އެވެ.

ސަތޭކަ ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއެއް ވެސް އިތުރު އެއްވެސް އަގަކާ ނުލައި މާލޭގެ ކޮންމެ ހިސާބަކަށް ވެސް ފޮނުވައި ދޭނެ އެވެ. "ދަ ބޭކާސް" އިން މަސައްކަތް ކުރަނީ ކަސްޓަމަރަކު އޯޑަރެއް ދޭތާ އެންމެ ލަސްވެގެން ވެސް 45 މިނެޓްގެ ތެރޭގައި އެ އެއްޗެއް ކަސްޓަމަރާ ހަމައަށް ގެންގޮސް ދިނުމަށެވެ. އާންމު ގޮތެއްގައި 30 މިނެޓުން ގެންގޮސް ދޭނެ އެވެ.

"ދަ ބޭކާސް"ގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޑެލިވަރީގެ ހިދުމަތް ކުއްލިއަކަށް ފެށީ މިހާރު ދިމާވެފައިވާ ހާލަތުގައި ކަސްޓަމަރުންނަށް ގޭގައި ތިބެގެން ވެސް އެ މީހުން ބޭނުންވާ މީރު ކާތަކެތި ލިބޭނެ މަގު ފަހިކޮށް ދިނުމަށާއި އެހީތެރިވެ ދިނުމަށެވެ.

"އަޅުގަނޑުމެން ވެސް އެންމެ އިސްކަން ދެނީ ކަސްޓަމަރުންގެ ރައްކާތެރި ކަަމަށް. މިވަގުތު ރައްކާތެރިކަން އޮތީ ގޭގައި ތިބެގެން. އެހެންވީމަ ކަސްޓަމަރުން ގޭގައި ތިބި ނަމަވެސް އެ ކަސްޓަމަރު ބޭނުންވާ އެއްޗެއް ގޭގައި ތިބެގެން ލިބޭނެ އިންތިޒާމް މި ހަމަޖައްސައި ދިނީ." އެ އޮފިޝަލު ވިދާޅުވި އެވެ.

"ދަ ބޭކޭސް" އާ ގުޅޭ މައުލޫމާތު

  • ހުޅުވާ ލައްޕުން: 6:00 ފެށިގެން ރޭގަނޑު 11:00 އަށް
  • ޑެލިވަރީ: ހެނދުނު 8:00 ފެށިގެން ރޭގަނޑު 11:00 އަށް
  • ހޮޓްލައިން: 7607744
  • 100 ރުފިޔާއިން މަތިނަމަ ހިލޭ ޑެލިވަރީ ކޮށްދޭނެ
  • އިންސްޓަގްރާމް އާއި ފޭސްބްކުން ތަކެތި ފެންނަން ހުންނާނެ
  • ތިން އިރަށް ހާއްސަ މީލް ޕެކްތަކެއް ލިބޭނެ

"ދަ ބޭކާސް" ޝޯ ރޫމްގައި ތަފާތު ވަރަށް ގިނަ ބާވަތްތައް ހުރެ އެވެ. އޭގެ ތެރޭގައި ބްރެޑާއި ޕޭސްޓްރީ އާއި ކޭކާއި ފިޝް ބަން، ކްކީޒް އަދި މަފިން ލިބެން ހުރެ އެވެ. މީގެ އިތުރުން "ދަ ބޭކާސް" ގައި ސޭންޑްވިޗްބާ އެއްވެސް ހުރެއެވެ. ސޭންޑްވިޗް ބާއިން ކަސްޓަމަރު ބޭނުންވާ ގޮތަކަށް ސޭންޑްވިޗް ތައްޔާރު ކޮށްދޭނެ އެވެ. ބޭނުންވާ ބްރެޑެއް އަދި ބޭނުންވާ ސޯސްއެއް އަޅައިގެން ވަރަށް ކަސްޓަމައިޒްކޮށް ސޭންޑްވިޗް ތައްޔާރުކޮށް ދެއެވެ.

"ދަ ބޭކާސް" ޝޯ ރޫމްގައި ހާއްސަ އެހެން ކަމެއް ވެއެވެ. މިއީވެސް މި ދުވަސްވަރަށް ހާއްސަކޮށް ލިބޭނެ ފުރުސަތެކެވެ.

ބޭކާސްގެ ޝޯ ރޫމްގައި ކޮންމެ ދުވަހަކުވެސް ޓިއުލިޕް ކިޗަން އިން ތައްޔާރުކުރާ ހާއްސަ މީލް ޕެކްތަކެއް ލިބެން ހުންނާނެއެވެ. އެގޮތުން ހެނދުނާއި މެންދުރާއި ހަވީރު އަދި ރޭގަނޑަށް ހާއްސަ މީލްތައް ވެސް ލިބެން ހުރެ އެވެ.

"ދަ ބޭކާސް" ގެ އެންމެ ހާއްސަ ކަމަކީ ރަހަ އާއި ކޮލެޓީ އެވެ. ކަސްޓަމަރުންގެ މެދުގައި "ދަ ބޭކާސް" މަޝްހޫރީ ވެސް އެގޮތުންނެވެ.

"ދަ ބޭކާސް" ގެ އަމާޒަކީ ކުރިއަށް އޮތްތާވެސް ކަސްޓަމަރުންނަށް އެ ކަސްޓަމަރުން އެންމެ ގަޔާވާ މީރު ރަހަތަކުގެ ޕޭސްޓްރީ، ކޭކް، ފިޝް ބަން، ކްކީޒް އަދި މަފިން ފަދަ ތަކެތި ލިބޭނެ ގޮތް ހަމަޖައްސައި ދިނުމެވެ.