ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިތުރު ދެ މީހަކު ރަނގަޅުވެއްޖެ

Mar 28, 2020
1

ކޮވިޑް-19 އިން ރާއްޖޭގައި އިތުރު ދެ މީހަކު ރަނގަޅުވެއްޖެ އެވެ. އެ ނަތީޖާއާއެކު ރަނގަޅުވި މީހުންގެ އަދަދު 11 އަށް އެރީ އެވެ.

ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ 16 މީހެކެވެ. އޭގެ ތެރެއިން 14 މީހަކު ތިބީ ރާއްޖޭގަ އެވެ. އޭގެ ތެރޭގައި ދިވެއްސެކަކުވެސް ހިމެނެ އެވެ.

މި މީހުންގެ ތެރެއިން ފަރުވާ މިހާރު ދެމުންދަނީ ތިން މީހަކަށެވެ. އެހެން މީހުން ކޮވިޑް-19 އިން ރަނގަޅުވެފައިވާއިރު އެމީހުން މިހާރު ތިބީ މޮނީޓާ ކުރުމަށް 30 ދުވަހުގެ ކަރަންޓީނުގަ އެވެ.

ރާއްޖޭގައި ކަރަންޓީނު ކޮށްފައި ތިބި އިޓަލީ ދެ މީހެއްގެ ނަތީޖާ ޕޮޒިޓިވްވެފައިވީ ނަމަވެސް އެ ދެ މީހުން ވަނީ ރާއްޖެއިން ފުރުވާލާފަ އެވެ. އެމީހުން ތިބި ފްލައިޓް މިހާރު ވަނީ ރަޝިއާގައި ކަރަންޓީނު ކޮށްފަ އެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ދަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން އޮން އެރައިވަލް ވިސާ ދިނުން ވަނީ ހުއްޓާލާފަ އެވެ. އެއާއެކު، ރާއްޖެއަށް ޓޫރިސްޓުން އައުން ވެސް ވަނީ މަޑުޖެހިފަ އެވެ.