ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކުޅިވަރު

ދަގަނޑޭގެ ޗެލެންޖު، ބުޓިއާ ގަބޫލުކޮށްފި

ދެކުނު އޭޝިއާގެ އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިންނަކީ ކޮބައިތޯ އަހަފިނަމަ، ސަރަހައްދަށް ނިސްބަތްވާ ފުޓްބޯޅައިގެ ތަޖުރިބާކާރުން ދެބަހެއް ނެތި ދޭނެ ޖާވަބަކީ އެ ދެ ކުޅުންތެރިންނަކީ، ރާއްޖޭގެ ފޯވަޑް އަލީ އަޝްފާގް (ދަގަނޑޭ) އާއި އިންޑިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ބައިޗަންގ ބުޓިއާ ކަމަށެވެ.

އަޝްފާގާއި ބުޓިއާ ވަނީ އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކާ ދެކޮޅަށް ކުޅެފަ އެވެ. މިހާރު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އާންމުން ގޭގައި ތިބެން އެންގުމުން، އެތުލީޓުން ފަށާފައިވާ ޓިޝޫ ޕޭޕާ "ބޯލް" ޗެލުންޖް ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފަ އެވެ.

އަޝްފާގް ވެސް ސްޓޭ ހޯމްގެ ޓިޝޫ ޕޭޕާ "ބޯލް" ޗެލެންޖުގައި ބައިވެރި ވެފަ އެވެ. އެ ޗެލެންޖުގައި އޭނާ ނޮމިނޭޓް ކުރީ އިންޑިއާގެ ކުރީގެ ކެޕްޓަން ބައިޗަން ބުޓިއާ އެވެ.

ބުޓިއާ ވަނީ، އަޝްފާގްގެ ޗެލެންޖު ގަބޫލުކޮށް، އޭނާގެ ޓިޝޫ ޕޭޕާ ބޯލް ޗެލެންޖު ޓްވިޓާގައި އާންމު ކޮށްފަ އެވެ. ބައެއް ކުޅުންތެރިން ޓިޝޫ ޕޭޕާ ޗެލެންޖުގައި ބައިވެރިވީ އެކި ގޮތަށެވެ. މެސީ ޗެލެންޖު ނެގީ ޓިޝޫ ޕޭޕާ ވައްޓާނުލައި 10 ފަހަރު ކޮންޓްރޯލް ކުރުމަށް ފަހު، ޓީޝޫ ރޯލް ދުރައް ފޮނުވާލުމަށެވެ. ގޯލްޖަހަން ފަރިތަ އަޝްފާގްގެ ޗެލެންޖެގައި ބައިވެރިވީ ޓިށޫރޯލް މެއިން ކޮންޓްރޯލް ކުރުމަށްފަހު، ފައިގެ ކޮންޓްރޯލްގައި ބާއްވައި "ގޯލަށް" ފޮނުވާޅުމަށެވެ.