ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ފަރުވާދޭ ތިން މީހުންވެސް ތިބީ ވެލިދޫ ރިސޯޓްގައި

ރާއްޖެއިން ކޮވިޑް19 ޖެހުނު މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުންދާ ތިން މީހުންނަށްވެސް ފަރުވާ ދެމުންދަނީ އއ. ވެލިދޫ ރިސޯޓްގެ ކަރަންޓީން ފެސިލިޓީގައި ކަމަށް ސަރުކާރުން ބުނެފި އެވެ.

ރާއްޖެއިން ކޮވިޑް19 އަށް މިހާތަނަށް ޕޮޒިޓިވްވެފައިވަނީ 16 މީހުންނެވެ. އޭގެ ތެރެއިން 11 މީހުން ވަނީ ރަނގަޅުވެފައެވެ. އަދި ދެ މީހަކު ޕޮޒިޓިވްވިކަން އެނގިފައިވަނީ އެމީހުން ފުރައިގެންދިޔަ ފަހުންނެވެ. އެއީ އިޓަލީ ގެ ދެ ފަތުރުވެރިންނެވެ.

މިވަގުތު ކޮވިޑް19 އަށް ފަރުވާ ދެމުންދަނީ ތިން މީހަކަށެވެ. އެއީ ދިވެއްސަކާ ދެ ފަތުރުވެރިންނެވެ. އެ ދެ މީހުންނަކީ އަނަންތަރާ ދިގުރަށް ރިސޯޓަށް އައިސް އުޅުނު ދެ ފަތުރުވެރިންނެވެ. މީގެ އިތުރުން ޕޮޒިޓިވްވި ދިވެހި މީހާއަކީ މިމަހުގެ 22 ވަނަ ދުވަހު އިނގިރޭސިވިލާތުން ރާއްޖެ އައި މީހެކެވެ. އޭނާ މި ބައްޔަށް ޕޮޒިޓިވްވެފައިވާކަން އެނގުނީ އިއްޔެ އެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ކޮވިޑް19 ގެ މައުލޫމާތު ހާމަކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބުކޫރު އަޒީޒް ވިދާޅުވީ ބަލި ޖެހިގެން ފަރުވާ ދެމުންދާ ތިން މީހުންވެސް ތިބީ ވެލިދޫގައި ގާއިމްކޮށްފައިވާ ކަަރަންޓީން ފެސިލިޓީގައި ކަމަށެވެ.

އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ތިބީ ބަލިން ފަސޭހަވެފައިވާ މީހުން ކަމަށާ އެމީހުން ކަރަންޓީންގައި 14 ދުވަހު ތިބޭނެ ކަމަށެވެ.