ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޖިމްތަކާއި ކަސްރަތު ކުލާސްތައް ހުއްޓާލަން އަންގައިފި

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގައިފި އެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ދެންމެ ނެރުނު އެންގުމެއްގައި ބުނެފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހިންގާ ޖިމްތަކާއި، ކަސްރަތު ކުލާސްތައް އަދި ގުރޫޕް ކަސްރަތު ކްލާސްތައްވެސް ކުރިއަށް ގެންދިއުން ވަގުތީ ގޮތުން މެދުކަނޑާލުމަށެވެ.

އެގޮތުން މިރޭ 12:00 ފެށިގެން އެ އެންގުން އަމަލު ކުރަން ފެށޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި އެ އެންގުން ތަންފީޒު ކުރުމަށްވެސް ދައުލަތުގެ އިދާރާތަކަށް ވަނީ އަންގާފައެވެ.

މާލެ ސަރަހައްދުގައި ހިންގާ ޖިމްތަކާއި ކަސްރަތު ކުލާސްތައް ހިންގުން ވަގުތީގޮތުން މެދުކަނޑައިލުމަށް އަންގާފައިވާއިރު، ޖިމްތައް ހިންގާ ފަރާތްތަކުން މީގެ އެތައް ދުވަހެއް ކުރިން އަމިއްލައަށް ވަނީ ޖިމްތައް ބަންދު ކޮށްފައެވެ.