ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ގެސްޓްހައުސްގައި މަރުވި މީހާ ޓެސްޓްކުރި، ކޮވިޑަށް ނެގެޓިވް

Mar 29, 2020

މާލޭގެ ގެސްޓުހައުސްއެއްގެ ތެރޭ މަރުވެފައި އޮތްވާ ފެނުނު ބިދޭސީ މީހާ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކޮވިޑް-19 އަށް ޓެސްޓްކުރިކަން ސަރުކާރުން ހާމަކޮށްފި އެވެ.

މާލޭގެ ކާސިންޖީ މަގުގައި ހުރި ގެސްޓުހައުސްގައި މިއަދު ހެނދުނު މަރުވެފައި އޮތްވާ ފެނުނީ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާގެ އެ މަރާ ގުޅިގެން ބައެއް މީހުން ކަންބޮޑުވުންތައް ފާޅުކުރި އެވެ. އަދި އެމީހާ ކޮވިޑް-19 އަށް ޝައްކުވޭތޯ ބެލުމަށް ގޮވާލި އެވެ.

ކޮވިޑް-19އާ ގުޅޭ ސަރުކާރުގެ ތަރުޖަމާނު މަބުރޫކު އަޒީޒު މިރޭ ވިދާޅުވި ގޮތުގައި އޭޑީކޭ ހޮސްޕިޓަލަށް އޭނާ އިއްޔެ ދައްކާފައިވާއިރު އޭނާގެ ޓެސްޓްތަކުން ޑެންގީއަށް ކަމަށެވެ. ނަމަވެސް ޔަގީން ކުރުމުގެ ގޮތުން ކޮވިޑް-19 އަށް ޓެސްޓް ކުރެވުނު ކަމަށާއި އެ ނަތީޖާ ނެގެޓިވް ކަމަށެވެ.

ފުލުހުން މިއަދު ބުނެފައިވާ ގޮތުގައި އެ މީހާއަކީ މ. ކޮޅުފުށިން އައި މީހެކެވެ. އެމީހާ ބަނޑަށް ތަދުވާތީ އިއްޔެ އޭޑީކޭ ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި އެމީހާ މިއަދު އަލުން ޑޮކްޓަރަށް ދައްކަން ދާން އޮތް ކަމަށް ވެސް ބުންޏެވެ.