ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ވީޑިއޯ ކޮންފަރެންސްކޮށް ޝާހިދު ސަފީރުންނާ ބައްދަލުކުރައްވައިފި

Mar 30, 2020

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ހުރިހާ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސްވެރިންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ބުނީ، ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް، ރާއްޖެއިން ބޭރުގައި ގާއިމްކޮށްފައިވާ 17 ޑިޕްލޮމެޓިކް މިޝަންގެ އެންމެ އިސް ބޭފުޅުންނާ ޝާހިދު ރޭ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ރާއްޖޭން ބޭރުގައި ހުރި ދިވެހި ހައިކޮމިޝަންތަކާއި، އެމްބަސީތަކާއި، ޕާމަނަންޓް މިޝަންތައް އަދި ކޮންސިއުލޭޓް ޖެނެރަލް މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާ އަދި ދިމާވާ ދަތިތަކާ ބެހޭ ގޮތުން މަޝްވަރާކުރެވުނުކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ބޭރުގައި ދަތުރު ނުކުރެވި، ތާށިވެފައި ތިބި ދިވެހިންނަށް ވެދެވެން ހުރި ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދިނުމަށް މިޝަންތަކުގެ ވެރިންގެ އަރިހުން މިނިސްޓަރު ޝާހިދު ވަނީ އެދިވަޑައިގެންފަ އެވެ.

"އިއްޔެ ހުރިހާ ސަފީރުންނާ އެއްވަގުތެއްގައި ވީޑިއޯ ކޯލް މެދުވެރިކޮށް މިނިސްޓަރ ުބައްދަލުކުރެއްވިނަމަވެސް ކޮންމެ ދުވަހަކުވެސް ވަކިވަކިން މިޝަންތަކުގެ އިސްވެރިންނާ ވާހަކަފުޅު ދައްކަވައި، ކޮންސިއުލާ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރައްވާ،" މިނިސްޓްރީގެ ކޮމިޔުނިކޭޝަންސް ޑިރެކްޓަރު މިއުވާން މުހައްމަދު ވިދާޅުވި އެވެ.

މިއުވާން ވިދާޅުވި ގޮތުގައި، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭން ބޭރުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާ ބެހޭ ގޮތުން ޝާހިދު މައުލޫމާތު ހޯއްދަވައި، އެކަންކަން ހައްލުކުރުމަށް އެގައުމުތަކުގެ ހާރިޖީ ވަޒީރުންނަށް ފޯނުން ގުޅުއްވައި، މަޝްވަރާ ކުރައްވާ ކަމަށެވެ.