ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ވިޔަފާރި

ހެޕީ މާކެޓުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންނަށް މުސާރައާއެކު ޗުއްޓީ

Mar 30, 2020
5

ހެޕީ މާކެޓް ކޮމްޕެނީގެ ދަށުން ހިންގާ ރިސޯޓުތަކުގެ މުވައްޒަފުންނަށް ޕޭލީވް ނުވަތަ މުސާރަ އާއެކު ޗުއްޓީ ދީފި އެވެ.

ހެޕީ މާކެޓުން ހިންގާ ހަތަރު ރިސޯޓަކީ ތުޅާގިރި އައިލެންޑް ރިސޯޓާ އަންގާގަ އައިލެންޑް ރިސޯޓް އެންޑް ސްޕާ ސަފާރީ އައިލެންޑް ރިސޯޓުގެ އިތުރުން ޑްރީމް ލޭންޑް ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެވެ.

އެ ކުންފުނީގެ މެނޭޖުމަންޓުގެ ސީނިއަ އޮފިޝަލަކު ވިދާޅުވި ގޮތުގައި މި ޑިސިޝަންއަކީ މެނޭޖުމަންޓުން ނިންމި ނިންމުމެއް ކަމަށެވެ.

"ހަގީގަތަކީ މިއީ އެންމެންނަށްވެސް ދަތި ވަގުތެއް. އެކަމަކު އަޅުގަނޑުމެން ބޭނުންވީ މުވައްޒަފުންނަށް މުސާރަ ދީފަ ފޮނުވަން. އެހެންވެ ހަތަރު ރިސޯޓު ދެ މަހަށް ބަންދު ކޮށްފަ ޕޭ ލީވް ދިނީ. ބޭރު މުވައްޒަފުންނާއި ދިވެހިންވެސް މީގައި ހިމެނޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އާއްމު ގޮތެއްގައި ރިސޯޓެއްގައި ގާތްގަނޑަކަށް 100 އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މި އަދަދުން ބަލާނަމަ މިއީ ގާތްގަނޑަކަށް 400 އެއްހާ މުވައްޒަފުންނެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުން މުސާރަ ނުދީ ލީވްއަށް މުވައްޒަފުން ފޮނުވާ ކަމަށް ޓޫރިޒަމް އެމްޕްލޮޔާޒް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން ވަނީ ބުނެފަ އެވެ.

އެ ޖަމިއްޔާއިން ބުނެފައިވާ ގޮތުގައި ކޮވިޑް-19 އާއެކު ރާއްޖޭގެ ޓޫރިޒަމް އެކީގައި ހުއްޓުމަކަށް އައިސްފައިވާއިރު، ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން މިހާތަނަށް 11،000 އެއްހާ މީހުން މުސާރަ ނުލިބޭ ގޮތަށް ނޯޕޭ ދީފައިވާ ކަމަށެވެ.