މޯލްޑިވިއަން ސަފާރީ ނަމަކަށްކިޔާ ސަފާރީއެއްގައި ހުރި ދިވެއްސެއްގެ ފަރާތުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެންނާތީ އެމީހާގެ ޓެސްޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އެމީހާ ޓެސްޓް ކުރުމަށްޓަކައި ސަފާރީ މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެނެސްފަ އެވެ.
އިނގިރޭސިވިލާތުން ރާއްޖެއަށް އައިސް ކަރަންޓީނުގައި ތިބި ދެ ދިވެއްސަކު ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފަ އެވެ.
އޭގެ ފަހުން ސަރުކާރުން ވަނީ ކަރަންޓީނަށް ގެންނަ އެންމެން ވެސް އަލާމާތް ނުފެނުނު ނަމަވެސް ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ނިންމާފަ އެވެ.
ރާއްޖޭގައި މިހާރު ކޮވިޑް-19 އަށް ފަރުވާދެމުން ދަނީ ދެ ދިވެހިންނަށް އެކަންޏެވެ. ރާއްޖޭގައި ޕޮޒިޓިވްވި 13 ބިދޭސީން މިހާރު ވަނީ ބަލިން ރަނގަޅުވެފަ އެވެ. އެމީހުން މިހާރު ތިބީ 30 ދުވަހުގެ ކަރަންޓީނުގަ އެވެ.