ހަބަރު

ސިފައިން ބަޑިޖަހާ ތަމްރީނެއް ކުރިއަށް ގެންދަނީ

ސިފައިން ބަޑި ޖަހާ ތަމްރީނުތަކެއް ވީއައިއޭ އޮންނަ ހުޅުލޭގެ ބޭރުގައި ކުރިޔަށް ގެންދާތީ ސަމާލުވާން އަންގައިފި އެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހުން ފެށިގެން ނުވަ ވަނަ ދުވަހަށް އެމްއެންޑީއެފް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް ހުޅުލޭގެ އިރުމަތީ ފަރާތުން ހަތް ނޯޓިކަލް މޭލު ބޭރުގައި ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި މި ތަމްރިނުތަކުގައި ބަޑި ޖަހާނެ ކަމަށާއި އެކަމަށް ހުއްދަ ދީފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ. ސިފައިންގެ އެ ތަމްރީނުތައް އޮންނަ ދުވަސްތަކުގައި ހެދުނު 6:00 އިން ހަވީރު 6:00 އަށް ކުރިޔަށް ގެންދާނެ އެވެ.

މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އިރު ޕައިކޯޓެކްނިކްސް ތަމްރީނުގައި މެޝިން ގަން ފަޔަރިން ހަތިޔާރު ވެސް ބޭނުން ކުރާނެ އެވެ. އެގޮތުން ވައިގެ ސަރަހައްދުގެ 5000 މީޓަރުގެ ދުރުމިން ބޭނުން ކުރާނެ ކަމަށާއި އަދި 100 މީޓަރު އުސްމިނަށް ބަޑިޖަހާނެ އެވެ. އެންމެ ތިރިން ބަޑިޖަހާނީ ސީލެވެލް އާއި ހަމައަށެވެ.

މީގެ ކުރިން ސިފައިންގެ ތަމްރީނުތަކެއްގައި ގިރިފުށިން ޖެގި ބަޑިއެއްގެ އުންޑަ ކަނޑުމަތީގައި އޮތް ސަފާރީއެއްގައި ހުރި ޓޫރިސްޓެއްގެ ކަނދުރާއަށް އަރާފައި ވެއެވެ. އަދި ޝައްކުވާ ގޮތަށް ހިންމަފުށީގެ ގެއެއްގެ ދޮރަށް ވެސް ވަޒަނެއް އަރާފައި ވެއެވެ.