ހަބަރު

ލިލީގެ ވެހިކަލްތަކަކަށް ގެއްލުން ދީފި

Mar 31, 2020
4
ލިލީ ކުންފުނީގެ އުޅަނދަކަށް ބަޔަކު ގެއްލުންދީފައި-- ފޮޓޯ: ލިލީ
0%
0%
0%

ލިލީ ކުންފުނީގެ ވެހިކަލް ތަކަކަށް ބަޔަކު ގެއްލުން ދީފި އެވެ.

ލިލީ ކުންފުނީގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެމުން ބުނީ އެންމެ ފުރަތަމަ ވެހިކަލަށް ގެއްލުން ދީފައިވަނީ މިދިޔަ ހުކުރު ދުވަހު ކާނިވަލް ސަރަހައްދުގައި ހުންނަ އެ ކުންފުނީގެ ކެފޭތެރޭގައި ވެހިކަލްތައް ޕާކް ކޮށްފައި ހުއްޓައި ކަމަށެވެ.

އޮފިޝަލް ބުނީ މި މައްސަލަ ފުލުހަށް ހުށަހެޅުމުން ހާދިސާ ހިނގި ސަރަހައްދަށް ފުލުހުންގެ ފޮރެންސިކް ޓީމާއެކު އައިސް ސުވާލުކޮށް މައުލޫމާތު ނަގާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ފަހުން ފުލުހުންގެ އެއްވެސް ހަބަރެއް ނުވެ ހުއްޓާ އާދީއްތަ ދުވަހުގެ ރޭ އެކުންފުނީގެ އެހެން ވެހިކަލަކަށްވެސް ގެއްލުންދީފައިވާ ކަމަށެވެ.

ވެހިކަލްތަކަށް ގެއްލުން ދީފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

މިމައްސަލައިގައި ފުލުހުންގެ ބަހެއް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ޕާކް ކޮށްފައި ހުންނަ ވެހިކަލްތަކަށް ގެއްލުން ދިނުމަކީ މާލޭގައި ބޮޑު މައްސަލައެކެވެ. އަދި މިގޮތަށް ގެއްލުންދީ ވެހިކަލް ތަކުން ވައްކަންކުރާ މައްސަލަތައްވެސް ވަނީ އިތުރުވެފަ އެވެ.

4 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345