ދުނިޔެ

އައިއެސް އިން ކެމިކަލް ހަތިޔާރު އުފައްދަނީ

Sep 11, 2015

އައިއެސް އަށް ކެމިކަލް ހަތިޔާރުގެ ގާބިލުކަން ލިބުނީ ކިހިނެއް ކަމެއް އެ ޖަމާއަތާއި އިދިކޮޅަށް ހަރަކާތްތެރިވާ ގައުމުތަކަށް އަދި އެނގިފައެއް ނުވެއެވެ. އެމެރިކާއިން ލަފާ ކުރާ އެއް ގޮތަކީ އައިއެސްއިން ކެމިކަލް ހަތިޔާރު ތަރައްގީކުރުމަށް ރިސާޗް ސެލް އެއް ގާއިމްކޮށް އެ ޓެކްނޮލޮޖީ ކުރިއަރުވަމުން ދިޔުމެވެ.

އަނެއް ގޮތަކީ އިރާގާއި ސީރިޔާއިން ކެމިކަލް ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސާމާނުތަކެއް އައިއެސް އަށް ފެނި އެތަކެތި ބޭނުން ކުރުމެވެ. އެހެން ނަމަވެސް އިރާގުން އައިއެސް އަށް ކެމިކަލް ހަތިޔާރު ފެނިދާނެ ކަމަށް ގަބޫލުކުރަން ދަތިވަނީ އެމެރިކާއިން އިރާގުގައި އެތައް އަހަރެން ވަންދެން ކުރި މަސައްކަތުން ވެސް ކެމިކަލް ހަތިޔާރު ފެނިފައި ނުވާތީއެވެ. އަދި ސީރިޔާއިން މިފަދަ ހަތިޔާރެއް އައިއެސް އަށް ފެނުމުގެ ފުރުސަތުވެސް ކުޑައެވެ. އެއީ ސީރިޔާއިން ވަނީ އެމީހުންގެ ކެމިކަލް ހަތިޔާރާ ގުޅުން ހުރި ހުރިހާ ތަކެއްޗެއް 2013 ވަނަ އަހަރު އެމެރިކާގެ އިންޒާރުތަކާއެކު ކެމިކަލް ހަތިޔާރު އުފެއްދުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލް އަގްވާމީ އިދާރާއާއި ހަވާލުކޮއްފައި ކަމައްވާތީއެވެ.

ސީރިޔާގައި 2011 ވަނަ އަހަރު ފެށުނު ދާހިލީ ހަނގުރާމައިގާ މިހާތަނަށް ދެލައްކަ އެއްހާ މީހުން މަރުވެފައި ވާއިރު، އޭގެން ކުޑަ ޕަސެންޓެއް މަރުވެފައި ވަނީ ކެމިކަލް ހަތިޔާރު ބޭނުން ކޮއްގެން ދީފައިވާ ހަމަލާ ތަކުން ކަމަށް ބެލެވެއެވެ.