ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އެމްއަައިބީގެ ފެސިލީޓީތަކަށް ހުށަހެޅުމުން ލުއި

ވިޔަފާރިއާއި ގުޅޭ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކާއި ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކަށް ލުޔެއް ދިނުމަށް މޯލްޑިވްސް އިސްލާމިކް ބެެންކް އިން (އެމްއައިބީ) އިން ނިންމައިފި އެވެ.

އެމްއައިބީ އިން މިއަދު ކުރި އިއުލާނެއްގައި ބުނީ ކޮވިޑް-19 އާއި ގުޅިގެން ކަސްޓަމަރުން ނަގާފައިވާ ފައިސާދެއްކުމަށް ލުޔެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން ކަސްޓަމަރުންގެ ތެރެއިން ވިޔަފާރިއާ ގުޅޭ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކާއި ރީޓެއިލް އަދި ކޮންޒިއުމާ ފައިނޭންސް ފެސިލިޓީސް ނަގާފައިވާ ފަރާތްތަކުން "ކޮވިޑް-19 ސަޕޯޓް އެޕްލިކޭޝަން ފޯމް" ފުރިހަމަ ކުރުމަށް ފަހު މެއިލް ކުރުމުން އެންމެ އެކަށޭނެ ލުއި ގޮތްތަކެއް ވަކިވަކިން ހަމަޖައްސައިދޭނެ ކަމަށެވެ.

މި ފަދަ ލުއިތައް ލިބޭނީ ފޯމު ހުށަހަޅާ ފަރާތްތަކާއި އެ ބޭންކުގެ ބިޒްނަސް ޓީމުން މަޝްވަރާކުރުމަށްފަހު އިންޓާނަލް އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށް އެމްއައިބީން ބުންޏެވެ.

އެ ފޯމު ހުށަހަޅާއިރު ހުށަހަޅާންޖެހޭތަކެތި އެ ފޯމުގައި ބަޔާންކޮށްފައިވާ ކަމަށާއި އެހެންކަމުން ހުރިހާ ލިޔެކިޔުމެއް ހަމަކުރުމަށް ސަމާލުކަން ދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ހުރިހާ ލިޔެކިޔުމެއް ހަމަވުމުން ނޫނީ އެއްވެސް ފޯމެއް އިވްލުއޭޓް ނުކުރާނެ ކަމަށް އެ ބޭންކުން ވަނީ ބުނެފަ އެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ހީނަރުކަމެއް އަންނާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.