ދުނިޔެ

ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު 13 އަހަރަށް ޖަލަށް

Sep 11, 2015
1

ސަރުކާރާ އިދިކޮޅު ފަރާތްތަކުން ލޮޕޭޒްއަކީ ކުށެއްނެތް މީހެއްކަމަށް ބުނާއިރު، ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ދަނީ މި ހުކުމާމެދު އުފާ ފާޅު ކުރަމުންނެވެ. އެފަރާތްތަކުން ބުނަނީ އެމެރިކާއިން ކިޔަވައިގެން އައިސް ހުރި ލޮޕޭޒް އަކީ ގައުމުގައި ފަސާދަ އުފައްދާ ފަރާތެއް ކަމަށެވެ. ހުކުން އިއްވުމުގެ ކުރިން ޖަޖު ބުނެފައިވަނީ ފެބްރުއަރީ މަހު ހައްޔަރު ކުރެވުނު ލޮޕޭޒް އަކީ ތިން މަހަށް ދެމިގެންދިޔަ ހަމަނުޖެހުންތައް ރާވާ ހިންގި މޭސްތިރި ކަމަށެވެ.

އދ އާއި، އެމެރިކާއާއި، ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކުން ދަނީ ލޮޕޭޒް މިނިވަންކުރުމަށް ގޮވާލަމުންނެވެ. ސޯޝަލް މީޑިޔާގައި ލޮޕޭޒްއަށް ތާއީދުކުރާ މީހުން އޭނާ ސިފަކުރަނީ ވެނެޒުއޭލާގެ ނެލްސަން މަންޑޭލާގެ ގޮތުގައެވެ.