ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓީސީ

ޓީސީ ކުޅުންތެރިން ރާއްޖެ ގެންނަ ވާހަކައަކީ ދޮގެއް

Apr 1, 2020

ޓީސީގެ ކުޅުންތެރިންނާއި އޮފިޝަލުން ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ދޮގު ކުރައްވައިފި އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސްއާއެކު ކުޅުނު މެޗަށް ފަހު ރާއްޖެ ނާދެވި ޓީސީގެ ކުޅުންތެރިން ތިބީ ސްރީ ލަންކާގައި ތާށިވެފަ އެވެ. އެ ގައުމު ވެސް ބަންދުކޮށް ކާފިއު އިއުލާނު ކޮށްފައިވާއިރު ދަތުރުފަތުރު އޮތީ ހުއްޓާލާފަ އެވެ.

ނަމަވެސް މޯލްޑިވިއަންގެ ކާގޯ ފްލައިޓެއްގައި ޓީސީގެ ކުޅުންތެރިން ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ވާހަކަތައް ދަނީ ފެތުރެމުންނެވެ. ރާއްޖެއަށް ބޭނުންވާ ބައެއް ކާބޯތަކެތި ގެނައުމަށް ކޮންމެ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ކާގޯ ފްލައިޓެއް އެ ގައުމަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ދެކެވެމުންދާ ވާހަކަތައް ދޮގުކޮށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވީ ޓީސީގެ ޓީމް، ވަކި ފްލައިޓެއްގައި ރާއްޖެ ގެންނަން މަސައްކަތްް ކުރެވޭ ކަމަށް ދެކެވޭ ވާހަކަތަކުގައި ހަގީގަތެއް ނެތް ކަމަށާ އަދި އެފަދަ މަޝްވަރާއެއްވެސް ކުރެވިފައިނުވާ ކަމަށެވެ.

"އެހެން ރައްޔިތުންނެކޭ އެއްގޮތަށް ޓީމްވަނީ ލަންކާގައި ތާށިވެފައި. ލަންކާ އެއާޕޯޓް ހުޅުވުނުހާ އަވަހަކަށް ގެންނަން މަސައްކަތް ކުރާނަން. ޓީމުގެ ހާލު ބަލަން." މިނިސްޓަރު ވިދާޅުވިއެވެ.

ޓީސީ ހޮޓެލްގައި ތިބުމާއި ކެއުމުގެ ހަރަދުތައް ބަލަހައްޓާނީ ޔޫތު މިނިސްޓްރީންނެވެ.