ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ޓީސީ

40 ދުވަހަށް ފަހު ޓީސީގެ ޓީމް ގެއަށް

މިދިޔަ މަހުގެ އަށް ވަނަ ދުވަހު އޭއެފްސީ ކަޕަށް، ބަންގުލަދޭޝްއަށް ދަތުރު ކުރި ޓީސީގެ ޓީމުގެ ކުޅުންތެރިން، ކޮވިޑް-19 އަށް ނެގެޓިވް ވުމުން، 42 ދުވަހަށް ފަހު ކުޅުންތެރިން ގެއަށް ބަދަލު ކޮށްފި އެވެ.

ޓީސީގެ ޓީމާއެކު ދަތުރު ކުރި ސްކޮޑުގެ ހުރިހާ އެންމެން ކޮވިޑް-19 އަށް ޓެސް ކުރި އެވެ. ޓެސްޓްތައް ނެގެޓިވް ވުމުން، ސަރުކާރުން ވަނީ މިއަދު އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ގެއަށް ބަދަލު ކޮށްފަ އެވެ.

އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި، ބަންގުލަދޭޝްގެ ބޮށުންދަރާ ކިންގްސް އާ ދެކޮޅަށް، މިިދޔަ މަހު 10 ވަނަ ދުވަހު ކުޅުނު މެޗަށް ފަހު ޓީސީން އެނބުރި މާލެ އަންނަން ހަމަޖެހިފައި އޮތް ނަމަވެސް، އެދުވަހު ސަރުކާރުން ނިންމީ، ބަންގުލަދޭޝްއަށް ދަތުރު ކޮށްފައިވާ ފަރާތްތައް ކަރަންޓީންގައި ހޭދަ ކުރަން ޖެހޭނެ ކަމަށެވެ.

ޓީސީގެ ކަރަންޓީން ފެސިލިޓީއެއްގެ ގޮތުގައި، ސަރުކާރުން ހަމަޖެއްސީ، އަވަށްޓެރި ޝްރީލަންކާގެ ކޮލަމްބޯގެ މެރީނާ ބީޗް ހޮޓެލް އެވެ. އެ ހޮޓެލްގައި 14 ދުވަހުގެ ކަރަންޓީނަށް މަޑު ކުރި ފަހުން، ލަންކާގެ ސަރުކާރުން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމު ލޮކްޑައުން ކޮށް ކާފިއު އިއުލާން ކޮށްފަ އެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ކަރަންޓީންގެ މަރުހަލާ ނިމެން އޮތް ނަމަވެސް، މި މަހުގެ ފަސް ވަނަ ދުވަހާ ހަމައަށް ޓީސީގެ ޓީމު ތިބީ މެރީނާބޭ ހޮޓެލްގައި ތާށި ވެފަ އެވެ. ފޮރިން މިނިސްޓްރީ އާއި މޯލްޑިވިއަންގެ އެހީތެރި ކަމާއެކު މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ، ރާއްޖެ ގެނެސް ދެން އެ ޓީމު ބަދަލު ކުރީ، ކަރަންޓީނަށް ހަމަޖައްސާފައިވާ ރިސޯޓަށެވެ.

ރާއްޖެއިން ބޭރުގައި ހޭދަވި މުއްދަތަށް ފަހު އަނެއްކާވެސް ރާއްޖެ ގެނެސް ރާއްޖޭގައި ކަރަންޓީން ކުރުމުން ޓީސީގެ އޮފިޝަލުން ވަނީ އެކަމުގެ ކަންބޮޑުވުން އޭރު ސޯޝަލް މީޑިއާއަށް ބަންޑުން ކޮށްލާފަ އެވެ. އެކަމާ ގުޅިގެން ޓީސީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓީމުގެ ވަކިވަކި މެންބަރުން ފަޅު ކުރާ ޝުއޫރަކީ އެ ކުލަބުގެ ވިސްނުން ނޫން ކަމަށެވެ.